ކ. މާލެ
|
12 ނޮވެންބަރ 2018 | ހޯމަ 11:21
ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޔުނައިޓެޑު އަތުން ސިޓީ މޮޅުވިއިރު، ލިވަޕޫލް ދެވަނަ އަށް
ޔުނައިޓެޑުގެ މައްޗަށް ސިޓީ ކުރިހޯދީ 1-3 ގެ ނަީޖާއިން

ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން މެންޗެސްޓާ ސިޓީ މޮޅުވިއިރު، ލިވަޕޫލް ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހިލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ ޔުނައިޓެޑާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ބެނާޑޯ ސިލްވާގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ޑޭވިޑް ސިލްވާއެވެ.

ދެވަނަ ހާފް ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް ސިޓީ އަށް ލީޑު ފުޅާކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ. މި ލަނޑު 48 ވަނަ މިނެޓުގައި އަގުއެރޯ ކާމިޔާބުކުރީ ރިޔާދް މަހުރޭޒްގެ އެހީތެރިކަމާ އެކުގައެވެ.

އެހެންނަމަވެސް 58 ވަނަ މިނެޓުގައި އެންތޮނީ މާޝިއާލް ކާމިޔާބުކުރި ޕެނަލްޓީ އިން ޔުނައިޓެޑުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ސިޓީގެ ތިންވަނަ ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބެނާޑޯ ސިލްވާގެ އެހީތެރިކަމާ އެކު ގުންޑޮގަންއެވެ.

މި ނަތީޖާއާ އެކު ސިޓީ އޮތީ ކުޅުނު 12 މެޗުން ލިބުނު 32 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ޔުނައިޓެޑު އޮތީ ކުޅުނު 12 މެޗުން ލިބުނު 20 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އަށް ވަނައިގައެވެ.

އާދީއްތަ ދުވަހު ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ފުލަމްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ލިވަޕޫލް އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހް އަދި ޒާޑަން ޝަގީރީއެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ 12 މެޗުން 30 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ފުލަމް އޮތީ ކުޅުނު 12 މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ ފުލުގައެވެ.

އާދީއްތަ ދުވަހުގެ ރޭ ޗެލްސީ އަދި އެވަޓަން ބައްދަލުކުރި މެޗު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މި ނަތީޖާއާ އެކު ޗެލްސީ ވަނީ ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނަ އަށް ވެއްޓީފައެވެ. އެވަޓަން އޮތީ ކުޅުނު 12 މެޗުން ލިބުނު 19 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ އާސެނަލް އަދި ވޮލްވްސް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.

މެޗުގެ 13 ވަނަ މިނެޓުގައި އެވަޓަންގެ ކަވަލެއިރޯ އެޓީމަށް ލީޑު ނަގައިދިން ނަމަވެސް، އާސެނަލް އިން ވަނީ 86 ވަނަ މިނެޓުގައި ހެންރިކް މިހްތަރިޔާން ކާމިޔާބުކުރި ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ނަތީޖާއާ އެކު އާސެނަލް އޮތީ ކުޅުނު 12 މެޗުން ލިބުނު 24 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. ވޮލްވްސް އޮތީ ކުޅުނު 12 މެޗުން ލިބުނު 16 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް