ކ. މާލެ
|
12 ނޮވެންބަރ 2018 | ހޯމަ 19:32
ޓިއަންޖިން ގުއަންޖިއަން އަށް ކުޅެމުން އަންނަ އެލެގްޒެންޑްރާ ޕަޓޯ
ޓިއަންޖިން ގުއަންޖިއަން އަށް ކުޅެމުން އަންނަ އެލެގްޒެންޑްރާ ޕަޓޯ
ޓްވިޓަރ
އެލެގްޒެންޑްރާ ޕަޓޯ
ޕަޓޯ އެނބުރި އޭސީ މިލާނަށް ބަދަލުވަނީ؟
ޕަޓޯ ހޯދުމަށް އޭސީ މިލާނުން އަންނަނީ މަސައްކަތް ކުރަމުން

ޗައިނީޒް ސުޕަ ލީގުގެ ޓިއަންޖިން ގުއަންޖިއަން އަށް ކުޅެމުން އަންނަ ބްރެޒިލްގެ އެލެގްޒެންޑްރާ ޕަޓޯ އެނބުރި އޭސީ މިލާނަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ ނޫސްތަކުން ބުނީ ޕަޓޯ އޭސީ މިލާނަށް ބަދަލުވާން ބޭނުންވާ ކަމަށާއި، އެގޮތުން އޭނާ ހޯދުމަށް އޭސީ މިލާނުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އޭސީ މިލާނުން އަންނަނީ ކުރިޔަށް އޮތް ސީޒަނުގައި އެޓީމު ވަރުގަދަ ކުރުމަށް ދުރާލައި ޕްލޭންތައް ހަދަމުންނެވެ. އެގޮތުން ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ވެސް ވަރުގަދަ ބައެއް ކުޅުންތެރިން އެޓީމުން ގެންނާނެ ކަމަށް ބެލެވެއެވެ.

އިޓަލީގެ ކުރީގެ ކުޅުންތެރިޔާ ފަބިއޯ ކަނަވާރޯގެ އިރުޝާދުގެ ދަށުން ޕަޓޯ ޓިއަންޖިން ގުއަންޖިއަން އަށް ކުޅެމުން އަންނައިރު، އޭނާ އެ ކްލަބަށް ބަދަލުވީ 2017 ވަނަ އަހަރުގެ ސީޒަނުގައި 15.5 މިލިއަން ޕައުންޑަށެވެ.  

ޕަޓޯ އޭނާގެ ކެރިޔަރު ފެށީ 2006 ވަނަ އަހަރު އިންޓަ މިލާނުންނެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 27 މެޗުގައި 12 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އިންޓަ މިލާން ދޫކޮށްލުމަށްފަހު ޕަޓޯ އޭސީ މިލާނަށް ބަދަލުވީ 2007 ވަނަ އަހަރުގެ ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 150 މެޗުގައި 63 ލަނޑު ކާމިޔާބުކޮށް، އިޓާލިއަން ލީގު އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 27 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައިވާ ޕަޓޯ ވަނީ ބްރެޒިލްގެ ޒުވާން ޓީމުތަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް