ކ. މާލެ
|
11 ނޮވެންބަރ 2018 | އާދީއްތަ 16:34
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ)
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ)
ފޭސްބުކް
ގައުމީ އަންހެން ވޮލީ ޓީމު
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ސަތޯ ހަމަޖައްސައިފި
އަންހެން ވޮލީ ޓީމުގެ ފަރިތަކުރުން ޑިސެމްބަރު 1 ގައި ފަށާނެ

ގައުމީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗަކަށް އިބްރާހިމް ރަޝީދު (ސަތޯ) ހަމަޖައްސައިފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) ގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވީ އަންހެން ޓީމުގެ ކޯޗަކަށް ސަތޯ ހަމަޖައްސަން ނިންމާފައިވާ ކަމަށާއި، އެ ނިންމުން ނިންމީ ވަރަށް ގިނަ ކަންކަމަށް ވިސްނުމަށް ފަހު ކަމަށެވެ.

ލަތީބެ ވިދާޅުވީ، މި އަހަރު ގައުމީ އިނާމުވެސް ހޯދާފައިވާ ސަތޯ އަކީ ރާއްޖޭގެ ވޮލީގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެއް ކަމަށާއި، އޭނާގެ ވަރަށް ތަޖުރިބާ ހުންނާނެ ކަމަށެވެ.

އެގޮތުން ލަތީބެ ވިދާޅުވީ، ވޮލީގައި އެތައް ގޮތަކުން ކާމިޔާބު ހޯދާފައިވާ ސަތޯ އަށް އަންހެން ޓީމުގެ ކޯޗުކަން ދޭން ނިންމީ އޭނާވެސް ގައުމީ ޓީމަށް ހިދުމަތެއް ކޮށްދޭން ޖެހޭ ކަމަށް ދެކޭތީ ކަމަށާއި، ސަތޯއާއެކު އަންހެން ޓީމަށް ގިނަ ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ސަތޯ ބުނީ މިއީ އޭނާގެ ވޮލީގެ 28 އަހަރު ކެރިޔަރުގައި އެންމެ އުފާވާ ދުވަސް ކަމަށާއި، މިފަދަ ފުރުސަތެއް ލިބުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ.

އެގޮތުން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި ޓީމަށް ކާމިޔާބު ހޯދަން މަސައްކަތް ކޮށްދޭނެ ކަމަށް ފާހަގަކުރަމުން ސަތޯ ބުނީ އަންހެން ޓީމަށް މެޑަލް ހާސިލް ނުކުރެވެނީ ކުދި ކުދި ގޯސްތައް ހެދުމުގެ ސަބަބުން ކަމަށާއި، އެ ގޯސްތައް ރަނގަޅުކޮށްގެން މެޑަލްއާ ހިސާބަށް ދެވޭނެ ކަމަށެވެ.

މީގެއިތުރުން ސަތޯ ވަނީ މިފަދަ ފުރުސަތެއް ދެއްވުމުން ވީއޭއެމްގެ ރައީސް އަދި ވޮލީ އާއިލާ އަށް ޝުކުރު އަދާކޮށްފައެވެ. އަދި ސަތޯ ބުނީ އޭނާ އަންހެން ޓީމު ކުރިއަރުވާނީ ވޮލީ އާއިލާއާ ގުޅިގެން ކަމަށެވެ.

ސަތޯއާއެކު އަންހެން ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް