ކ. މާލެ
|
11 ނޮވެންބަރ 2018 | އާދީއްތަ 06:04
ރެއާލް އަށް ކުޅެމުން އަންނަ ކޭލޯ ނަވާސް
ރެއާލް އަށް ކުޅެމުން އަންނަ ކޭލޯ ނަވާސް
އޭޕީ
ކޭލޯ ނަވާސް
ނަވާސް ޔުވަންޓަސް އަށް ބަދަލުވަނީ؟
ނަވާސް ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ގައި

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކޮސްޓަރިކާގެ ކީޕަރު ކޭލޯ ނަވާސް ޔުވަންޓަސް އަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ނަވާސް މިވަގުތު ރެއާލްގައި ހުރީ ހިތްހަމަ ޖެހިގެނެއް ނޫނެވެ. އެގޮތުން އޭނާ ބޭނުންވަނީ އެ ކްލަބް ދޫކޮށްލުމަށްފަހު ޔުވަންޓަސް އަށް ބަދަލުވާން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ނަވާސް ހިތްހަމަ ނުޖެހިފައި ހުރީ ރެއާލް އަށް ޗެލްސީގެ ކުރީގެ ކީޕަރު ތިބޯޓް ކޯޓުއާ ގުޅުނު ހިސާބުންނެވެ. އެގޮތުން ނަވާސް ހުރީ އޭނާ އަށް ކުޅެން ލިބޭ ވަގުތު ކުޑަކަމުން އެކަމާ ހިތްހަމަނުޖެހިފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 31 އަހަރުގެ ނަވާސް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނާއިރު، އޭގެ ތެރޭގައި ޔުވަންޓަސްވެސް ހިމެނޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އޭނާ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ގައެވެ. 

ލެވެންޓޭ ދޫކޮށްލުމަށްފަހު ނަވާސް ރެއާލް އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް 148 މެޗު ކުޅެ، އެޓީމާއެކު ސްޕެނިޝް ލަލީގާ، ސްޕެނިޝް ސުޕާ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު ތިންފަހަރު، ޔުއެފާ ސުޕާ ކަޕް ދެފަހަރު އަދި ކްލަބް ވޯލްޑް ކަޕް ތިން ފަހަރު ހޯދާފައެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުން ވިދާލި ކޮސްޓަރިގާ ގައުމީ ޓިމުގެ ނަވާސް ވަނީ އެޓީމަށް މިވީތަނަށް 83 މެޗު ކުޅެދީފައެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ކޮންކާކަފްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް