ކ. މާލެ
|
11 ނޮވެންބަރ 2018 | އާދީއްތަ 06:03
ޕީއެސްޖީ އަށް ކުރިން ކުޅުނު އިބްރަހަމޮވިޗް
ޕީއެސްޖީ އަށް ކުރިން ކުޅުނު އިބްރަހަމޮވިޗް
އޭއެފްޕީ
ޒްލަޓަން އިބްރަހަމޮވިޗް
ޕީއެސްޖީ އަށް އެނބުރި ދެވޭނީ ބޮސްގެ މަގާމަށް އެކަނި: އިބްރަހަމޮވިޗް
ބޭނުންވަނީ އަދިވެސް ފުޓުބޯޅަ ކުޅެން

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ދެވޭނީ "ބޮސް" ގެ މަގާމަށް އެކަނި ކަމަށް އެލްއޭ ގެލެކްސީ އަށް ކުޅެމުން އަންނަ ޒްލަޓާން އިބްރަހަމޮވިޗް ބުނެފިއެވެ.

ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އިބްރަހަމޮވިޗް ބުނީ، ޕީއެސްޖީ އަށް ދެން އެނބުރިދާނީ ބޮސްގެ މަގާމަށް އެކަނި ކަމަށާއި، އެނުން ގޮތަކަށް ޕީއެސްޖީ އަށް ނުދާނެ ކަމަށެވެ.

މީގެކުރިން ޕީއެސްޖީ އަށް ކުޅެފައިވާ އިބްރަހަމޮވިޗް ބުނީ ބޮސްގެ މަގާމު ފިޔަވާ އިތުރު މަގާމެއް ޕީއެސްޖީގައި އޭނާ އަށް ހައްގުނުވާ ކަމަށާއި، އެހެންނަމަވެސް އެހިސާބަށް އަދި ދާން ބޭނުން ނުވާ ކަމަށެވެ.

އިބްރަހަމޮވިޗް ބުނީ މިވަގުތު އޭނާ އަކީ ފުޓުބޯޅަ ކުޅުންތެރިޔެއް ކަމަށާއި، ކުރިޔަށް އޮތް ތަނުގައިވެސް ކުޅެން ބޭނުންވާ ކަމަށެވެ. އެގޮތުން ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ކުރިން މުޅި ދުނިޔެއަށް އަންގާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސްވިޑެންގެ މަލްމޯ އިން 1999 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 37 އަހަރު އިބްރަހަމޮވިޗް ކުޅުން ހުއްޓާލާނެ ދުވަހެއް ނޭގޭ އިރު، އޭނާ ހޯދުމަށް ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި އޭސީ މިލާންވެސް ހިމެނެއެވެ.

ޔުވަންޓަސް، އިންޓަ މިލާން، ބާސެލޯނާ، އޭސީ މިލާން، ޕީއެސްޖީ އަދި ޔުނައިޓެޑަށް ވެސް ކުޅެފައިވާ އިބްރަހަމޮވިޗް ވަނީ މިހާރު ކުޅެމުން އަންނަ އެލްއޭ ގެލެކްސީ އަށް މިހާތަނަށް ކުޅުނު 27 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ.

ސްވިޑެންގެ މޮޅު އެތުލީޓުގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ އިބްރަހަމޮވިޗް ވަނީ އޭނާ ކުޅުނު ކްލަބްތަކަށް ގިނަ ކާމިޔާބީތައް ހޯދައިދިނުމުގެ އިތުރުން އަމިއްލަ ގިނަ އެވޯޑުތައްވެސް ހާސިލުކޮށްފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް