ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 15:03
ސިޓީގެ އެއްބަސްވުން ސްޓާލިން އާކުރުން
ސިޓީގެ އެއްބަސްވުން ސްޓާލިން އާކުރުން
ޓްވިޓަރ
ރަހީމް ސްޓާލިން
އަހަރަކު 15 މިލިއަން ޕައުންޑު ލިބޭ ގޮތަށް ސިޓީގެ އެއްބަސްވުން ސްޓާލިން އާކޮށްފި
ސްޓާލިން އެއްބަސްވުން އާކުރީ 2023 ވަނަ އަހަރުގެ ނިޔަލަށް
ސްޓާލިން އެއްބަސްވީ ހަފްތާއަކު ތިން ލައްކަ ޕައުންޑު ލިބޭ ގޮތަށް

އަހަރަކު 15 މިލިއަން ޕައުންޑު ލިބޭ ގޮތަށް މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ރަހީމް ސްޓާލިން އާކޮށްފިއެވެ.

ސިޓީއާ އެކު ސްޓާލިން ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާ އަށް ހަފްތާއަކު 300،000 ޕައުންޑު ލިބޭނެއެވެ. އަދި އާ އެއްބަސްވުމުގެ ދަށުން އޭނާ 2023 ވަނަ އަހަރުގެ ނިޔަލަށް ކްލަބުގައި މަޑުކުރަން ޖެހޭނެއެވެ.

އުމުރުން 23 އަހަރުގެ ސްޓާލިންގެ އެއްބަސްވުން ސިޓީން އާކޮށްފައިވަނީ އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެ ކްލަބްތައް ތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑްވެސް ހިމެނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސްޓާލިން ބުނީ ސިޓީގައި ގިނަ ކުރިއެރުންތައް ލިބެމުން އަންނަ ކަމަށާއި، އެއްބަސްވުން އާކުރެވުމުން ހިތްހަމަޖެހިފައި ހުރި ކަމަށެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، ސްޓާލިން އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، އެހެން ނަމަވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންގެ ތެރޭގައި ހިމެނެން އޭނާ އަދި ޒުވާން ކަމަށެވެ.

ސްޓާލިން ހުރީ މިވަގުތު ރަނގަޅު ފޯމެއްގައިކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ ސްޓާލިން ކޮންމެ ފަޅިއަކަށް އަދި ކޮންމެ މަގާމަކަށް ވެސް ކުޅޭ ކަމަށާއި، އޭނާގެ ހުނަރާމެދު އުފެއްދޭނެ ސުވާލެއް ނެތް ކަމަށެވެ.  

ލިވަޕޫލުން 2011 ވަނަ އަހަރު ކެރިޔަރު ފެށި ސްޓާލިން ވަނީ އެޓީމަށް ހަތަރު ސީޒަން ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 129 މެޗުގައި 23 ލަނޑު ކާމިޔާބުކޮށްފައެވެ.

ލިވަޕޫލް ދޫކޮށްލުމަށް ފަހު ސްޓާލިން ސިޓީ އަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 154 މެޗުގައި 51 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެޓީމާ އެކު ޕްރިމިއާ ލީގު އަދި ފުޓުބޯލް ލީގް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި އިންގްލޭންޑު ޓީމުގައި ހސްޓާލިން ހިމެނުނެވެ. އަދި އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 46 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް