ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 17:34
އެމްއެންޑީއެފް އިން ބޭއްވި ޑްރިލް ޑިސްޕްލޭގެ ތެރެއިން
އެމްއެންޑީއެފް އިން ބޭއްވި ޑްރިލް ޑިސްޕްލޭގެ ތެރެއިން
އެމްއެންޑީއެފް
ހެވި ކަމުގެ ހަރަކާތްތައް
ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހެވި ކަމުގެ ހަރަކާތްތައް ދައްކާލައިފި
މި ޑްރިލް ޑިސްޕްލޭ ކުރިއަށް ގެންގޮސްފައިވަނީ ހއ އުތީމުގައި
މާދަމާ ހދ. ކުޅުދުއްފުށީގައި ވެސް ޑްރިލް ޑިސްޕްލޭ ކުރިއަށްދާނެ

ޤައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެމްއެންޑީއެފްގެ ހެވި ކަމުގެ ހަރަކާތްތައް ހއ. އުތީމުގައި ހުކުރު ދުވަހު ބާއްވައިފިއެވެ.

އެމްއެންޑީއެފްގެ ފަރާތުން ބޭއްވި ޑްރިލް ޑިސްޕްލޭގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުގެ ހަވީރު އުތީމު ބަނދަރު ސަރަޙައްދުގައެވެ.

މީގެ އިތުރުން ޤައުމީ ދުވަހާއި ގުޅިގެން ހދ. ކުޅުދުއްފުށީގައި ވެސް ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގައި، އެ ރަށު ޒޯން ސްޓޭޑިއަމް ސަރަޙައްދުގައި، އެމްއެންޑީއެފްގެ ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހއ.އުތީމުގައި ބޭއްވި ޑްރިލް ޑިސްޕްލޭ ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރި ކަމަށާއި އާންމުންގެ ބޮޑު ތަރުހީބެއް ޑްރިލް ޑިސްޕްލޭއަށް ލިބުނު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި އެމްއެންޑީއެފްގެ ޑްރިލް ޑިސްޕްލޭ މީގެ ކުރިން ވެސް ވަނީ ހުށަހަޅައިދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް