ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 18:08
ރާއްޖެ ޓީވީން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރާއްޖެ ޓީވީން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޕީޖީ އޮފީސް
ރާއްޖެޓީވީ ބަޔާން
ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ރިވިއު ކުރުމަށާއި ވިސާމްގެ މައްސަލަ އަނބުރާ ގެންދިއުމަށް ރާއްޖެޓީވީން އެދިއްޖެ
ވިސާމްގެ މައްސަލަ ކުރިއަށް ގެންދިޔުމަކީ ނޫސްވެރިކަމަށް ހުރަސް އެޅުމުގެ މަގްސަދުގައި ކުރެވޭ ކަމެއް ކަމަށް ދެކެން
ޖަރީމާ ރޭވުމުގެ އަޑީގައި ތިބި މީހުން ތަހުގީގުގައި ނުހޯދިއްޖެނަމަ އެކަމުގައި ބައިވެރިވި މީހުންނަށް އެފަދަ ނުރައްކާތެރި އެހެން އަމަލެއް ތަކުރާރު ކުރުމަށް ލިބޭ ހިތްވަރަކަށް ވެގެންދާނެ

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ އަލުން ރިވިއު ކޮށްދެއްވުމަށާއި ރާއްޖެޓީވީގެ ނޫސްވެރިޔާ މުޙައްމަދު ވިސާމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް، ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރައްވާފައިވާތީ، އެ މައްސަލަ އާ މެދު އިތުރަށް ވިސްނަވާވަޑައިގެން މައްސަލަ އަނބުރާ ގެންދެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުން ރާއްޖެޓީވީން އެދިއްޖެއެވެ.

ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެޓީވީން ޕްރޮސިކިއުޓަރ ޖެނެރަލާއެކު ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ބައްދަލުވުމުގައި، ވިސާމްގެ މައްސަލަ އަނބުރާ ގެންދެވުމަށް އެދުނީ، 2015 ވަނަ އަހަރުގެ މާޗް މަހު 25 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުން ގެންދިޔަ މުޒާހަރާގެ ތެރެއިން ވިސާމް ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށް ބުނި ނަމަވެސް، އޭނަ ހައްޔަރު ކުރީ ނޫސްވެރިއެއްގެ ވާޖިބު އަދާކުރަނިކޮށް ކަމަށްވެފައި، ފުލުހުންގެ ވާޖިބަށް އޭނާ ހުރަސް އެޅި ކަމަށް ކޮށްފައިވާ ދައުވާ ދަށު ކޯޓުން ސާބިތުވެފައި ނުވާއިރު، ވިސާމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނެތް ކަމަށް ދަށު ކޯޓުން ނިންމާފައިވާތީ، އެ މައްސަލަ އަލުން ހުށަހަޅައިގެން ކުރިއަށް ގެންދިއުމަކީ، ނޫސްވެރިކަމަށް ހުރަސް އެޅުމުގެ މަގްސަދު ނޫން އިތުރު ކަމެއް އޭގައި އެކުލެވޭ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

އަދި ރާއްޖެޓީވީ ރޯކޮށްލި މައްސަލަ ރިވިއު ކޮށްދިނުމަށް ހުށަހެޅީ، އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތް ހިނގަމުންދާ ގޮތަށް ބަލާއިރު، އެއީ އިންސާފުވެރި ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ ޝަރީއަތެއް ކަމަށް ރާއްޖެޓީވީން ނުދެކޭތީ އާއި މިހާރު ބަންދުގައި ބަހައްޓާފައިވާ ޒުވާނާގެ މައްޗަށް ހުކުމެއް ކުރިއަސް އެއީ މައްސަލައިގައި ހަގީގީ އިންސާފު ލިބުން ކަމަށް ރާއްޖެޓީވީން ނުދެކޭ ކަމަށެވެ. އެ ޖަރީމާ ރޭވުމުގެ އަޑީގައި ތިބި މީހުން ތަހުގީގުގައި ނުހޯދިއްޖެ ނަމަ، އަދި އެމީހުންނާ އިންސާފު އަރާ ހަމަ ނުކުރާނަމަ، އެކަމުގައި ބައިވެރިވި މީހުންނަށް އެފަދަ ނުރައްކާތެރި އެހެން އަމަލެއް ތަކުރާރު ކުރުމަށް ލިބޭ ހިތްވަރަކަށް ވެގެންދާނެ ކަމަށްވެސް ރާއްޖެޓީވީން ބުންޏެވެ.

އެ ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖެ ޓީވީއަށް 11.65 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. ދައުލަތުގެ ބައެއް މުއައްސަސާތަކާއި ވެރިންގެ އިހްމާލު އޮތް މި މައްސަލައިގައި ބަދަލު ނަގައި ދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ބޭރުކޮށްލާފައިވާއިރު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލަވެސް ހުއްޓިފައިވާކަން ރާއްޖެޓީވީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް