ކޯސްޓް އަދި ޑަޗްލޭޑީ ބްރޭންޑުގެ ގެރިކިރު، ރާއްޖޭގެ ބާޒާރާށް ބީއެޗްއެމް ޓްރޭޑާސް އިން ތަޢާރަފްކޮށްފި އެވެ.
ކޯސްޓް އަދި ޑަޗްލޭޑީ ބްރޭންޑުގެ ގެރިކިރު މިދިޔަ ބުރާސްފަތި ދުވަހު ބާޒާރަށް ނެރުނީ މި ދެ ބްރޭންޑުގެ ހިކި ކިރާއި ދިޔާ ކިރަށް މިހާރު ވެސް ދިވެހިންގެ މެދުގައި ބޮޑު މަގުބޫލް ކަމެއް ލިބިފައި ވާތީ ކަމަށް ބީއެޗްއެމްއިން ބުންޏެވެ. އަލަށް ތައާރަފް ކުރި ގެރިކިރަށް ވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި މި ދެ ބްރޭންޑުގެ ގެރިކިރު ރާއްޖޭގެ އެކި ފިހާރަތަކުން މިހާރު ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ކޯސްޓް އަދި ޑަޗްލޭޑީ ކިރަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންގެ މެދުގައި ވެސް ވަރަށް މަޤްބޫލު ކިރެކެވެ.
ބީއެޗްއެމް އަކީ ރާއްޖެއަށް ތަފާތު ގިނަ ބްރޭންޑުތަކުގެ ތަކެތި އެތެރެކޮށް ވިއްކަމުންދާ ބިޔަ ކުންފުންޏެކެވެ. އޭގެ ތެރޭގައި އާންމުގެ މެދުގައި މަޝްހޫރު ޔޭޔޭ ކޮފީ އާއި އެކްސްއެލް އެނާޖީ ޑްރިންކް ވެސް ހިމެނެ އެވެ.