ކ. މާލެ
|
7 ނޮވެންބަރ 2018 | ބުދަ 17:26
ރޮނާލްޑޯ (ކ) އާއި ޕޮގްބާ (ވ)
ރޮނާލްޑޯ (ކ) އާއި ޕޮގްބާ (ވ)
ގެޓީ އިމޭޖަސް
ޕައުލް ޕޮގްބާ
ފެން ފޮދެއް ބޯހާ ފަސޭހައިން ރޮނާލްޑޯ ލަނޑު ޖަހާ: ޕޮގްބާ
ރޮނާލްޑޯ ހުރުމުން ޔުވަންޓަސް އަށް ފަސޭހަވާނެ

ޔުވަންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފެން ފޮދެއް ބޯހާ ފަސޭހައިން ލަނޑު ޖަހާ ކަމަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑަރު ޕައުލް ޕޮގްބާ ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުވަންޓަސް އަދި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕޮގްބާ ބުނީ ޔުވަންޓަސްގައި ރޮނާލްޑޯ ހުރުމުން އެ ކްލަބަށް ފައިދާ ވާނެ ކަމަށާއި، ރޮނާލްޑޯއަކީ ފެން ފޮދެއް ބޯހާ ފަސޭހައިން ލަނޑު ޖަހާ ކުޅުންތެރިއެއް ކަމަށެވެ.

ޕޮގްބާ ބުނީ ރޮނާލްޑޯ ފަދަ ކުޅުންތެރިޔަކު ޔުވަންޓަސްގައި ހުރުމަކީ އެ ކްލަބަކަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށާއި، ރޮނާލްޑޯ ފަދަ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެން ލިބުމަކީ ވެސް ޝަރަފެއް ކަމަށެވެ.

ރެއާލް މެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު ރޮނާލްޑޯ ޔުވަންޓަސް އަށް ބަދަލުވީ މި ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 13 މެޗުގައި ހަތް ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ހަ ލަނޑު ޖެހުމަށް އެހީތެރި ވެސް ވެދީފައެވެ.

ބުދަ ދުވަހުގެ ރޭ ޔުނައިޓެޑާ ދެކޮޅަށް ޔުވަންޓަސް އަމިއްލަ ދަނޑުގައި ނިކުންނައިރު، ޔުވަންޓަސް އިން ވަނީ ގްރޫޕް ސްޓޭޖުގައި ޔުނައިޓެޑު ދަނޑުގައި އެންމެ ފަހުން ކުޅުނު މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ.

ޔުވަންޓަސް އަދި ޔުނައިޓެޑު ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 01:00 ޖަހާއިރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް