ކ. މާލެ
|
6 ނޮވެންބަރ 2018 | އަންގާރަ 23:35
މާލޭގައި ބޭއްވި ހަފްލާގެ ތެރެއިން އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަނީ
މާލޭގައި ބޭއްވި ހަފްލާގެ ތެރެއިން އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަނީ
ރާއްޖެއެމްވީ
އުފާ ފާޅުކުރުން
އިންތިޚާބު ކާމިޔާބުވުމުގެ އުފާ ފާޅުކުރަން މާލޭގައި ހާއްސަ ހަފްލާއެއް ބާއްވައިފި
ހަފްލާގައި ގިނަ އަދަދެއްގެ އާންމުންނާއި ކުޑަކުދިން ބައިވެރިވި

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ގުޅިފައިވާ ޕާޓީތަކަށް ކާމިޔާބުވުމުގެ އުފާ ފާޅުކުރުމަށް ގ. ހެޕީ ސައީޑް، ހުސްނުހީނާ މަގުގައި އަންގާރަ ދުވަހުގެ ރޭ ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

މި ހަރަކާތުގައި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ދެބޭފުޅުންގެ ޝަރަފުގައި ބޭއްވި ފަރިއްކޮޅަށް ފަހު އެ އިވެންޓްގައި ބައިވެރިވި އާންމުންނާ އެކު ދެ ބޭފުޅުން ވަނީ ފޮޓޯ ނަންގަވާފައެވެ.

މި ހަރަކާތުގައި ގިނަ އަދަދެއްގެ އާންމުންނާއި ކުޑަކުދިން ބައިވެރިވިއިރު ރައީސް ސޯލިހާއި ފައިސަލް ވަނީ އެ ކުދިންނާ އެއްކޮށް ކޭކު ފަޅުައްވާފައެވެ. 

މިހާރުގެ ރައީސް އަބްދުﷲ ޔާމީނު ބަލިކުރައްވައި، ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރުމާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުންނާއި ރަށްރަށުގައި އަންނަނީ އުފާފާޅުކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ. އަދި އެ ދެ ބޭފުޅުންނަށް އޮފީސްތަކުންނާއި ޖަމާއަތްތަކުން ގެންދަނީ މަރުޙަބާ ކިޔަމުންނެވެ.

ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާ ގުޅިގެން މާލެ އާއި އަތޮޅުތެރޭގައި ދަނީ އުފާފާޅުކުރުމުގެ ހަފްލާތައް ބާއްވަމުންނެވެ.

މި އިންތިޚާބު އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމް ކާމިޔާބު ކުރެއްވީ 134،705 ވޯޓުންނެވެ. ވޯޓުލީ މީހުންގެ 58.4 ޕަސެންޓް މީހުން އިބޫ އަށް ތާއީދުކޮށްފައި ވެއެވެ. އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް