ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 10:56
އެފްއޭއެމްގެ ރައީށް ބައްސާމް އަދީލް ޖަލީލު
އެފްއޭއެމްގެ ރައީށް ބައްސާމް އަދީލް ޖަލީލު
މިހާރު
އެފްއޭ ކަޕް
އެފްއޭކަޕް ވެސް ނު ބޭއްވިދާނެ ކަމުގެ ބިރު އެބަ އޮތް: ބައްސާމް
ގަލޮޅު ދަނޑު ހަރަކާތްތަކަށް ދޫކުރަން ޖެހުމުން ދަތިވި

އެފްއޭއެކަޕް ވެސް ނު ބޭއްވިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓީވީ ޗެނަލްއަކުން ގެނެސްދިން ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ، މި ސީޒަނުގައި ވަރަށް ގިނަ ކަންކަމާ ހުރެ ސީޒަން ލަސްވެގެން ގޮސްފައިވާ ކަމަށާއި، އެފްއޭ ކަޕް ވެސް މި ސީޒަނުގައި ނު ބޭއްވިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

އެހެން ނަމަވެސް ބައްސާމް ވިދާޅުވީ، އެފްއޭކަޕް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ބައްސާމް ވިދާޅުވީ، ޕްރެޒިޑެންޓްސް ކަޕް ވެސް ކެންސަލް ކުރަން ޖެހުނީ ގަލޮޅު ދަނޑު ހަރަކާތްތަކަށް ދޫކުރަން ޖެހުމުން ކަމަށާއި، ދަނޑު ދޫކުރަން ޖެހުމުގެ ސަބަބުން ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

ބައްސާމް ވިދާޅުވީ، ހުރިހާ ބޮޑެތި ހަރަކާތެއް ހިންގަން މިހާރު އޮތް ހަމައެކަނި ތަނަކީ ގަލޮޅު ދަނޑު ކަމަށާއި، ގަލޮޅު ދަނޑު ފިޔަވައި އެހެން ދަނޑެއް މިހާރު މުހިންމު ކަމަށެވެ. އެގޮތުން ފީފާގެ އެހީތެރިކަމާ އެކު ވިޔަސް ދަނޑެއް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
7 ނޮވެންބަރ 2018 | ބުދަ 03:48
No need
No need as nobody watches these matches