ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 08:08
އައިޔޫއެމުން ވަގަށް ނެގި ލެޕްޓޮޕްތައް
އައިޔޫއެމުން ވަގަށް ނެގި ލެޕްޓޮޕްތައް
ޕޮލިސް
ވަގަށް ނެގި ލެޕްޓޮޕްތައް
އައިޔޫއެމުން ވަގަށް ނެގި ލެޕްޓޮޕްތައް ވެރިފަރާތާ ހަވާލުކޮށްފި
އެ މައްސަލާގައި ފަސް ބިދޭސީއަކު ހިމެނޭ
ހައްޔަރުކުރި ތިން ދިވެހިންގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައި

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ވަގަށް ނެގި ލެޕްޓޮޕްތައް ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

އެ ލެޕްޓޮޕްތައް ވަގަށް ނެގި މައްސަލާގައި އަށް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މިދިޔަ ހަފްތާގައި އައިޔޫއެމުން ލެޕްޓޮޕްތައް ވަގަށް ނެގި މައްސަލާގައި ތިން ދިވެއްސަކާއި ފަސް ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ހިމެނޭ ތިން ދިވެހިންގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައެވެ. ފުލުހުން ވަނީ ވަގަށް ނެގި ލެޕްޓޮޕްތަކާ އެކު، އެ ޔުނިވާސިޓީން ވަގަށް ނެގި ބައެއް އިލެކްޓްރޯނިކް ސާމާނުތައް ވެސް ހޯދާފައެވެ.

މީގެ އިތުރުން އެ މައްސަލާގައި ހައްޔަރުކުރި ފަސް ބިދޭސީންނަކީ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި ރާއްޖޭގެ ހެދިފައިވާ ގާނޫނުތަކާ ހިލާފަށް އުޅެމުންދާ ބަޔަކަށް ވާތީ، އެ މީހުން އިމިގްރޭޝަނާ ހަވާލު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަގަށް ނެގި ލެޕްޓޮޕްތަކުގައި އެ ޔުނިވާސިޓީގެ އިމްތިހާނު ޕޭޕަރުތަކެއް ހުއްޓެވެ. އެ މައްސަލާގައި އައިޔޫއެމުން ބުނެފައި ވަނީ އެ ލެޕްޓޮޕްތައް ވަގަށް ނެގިޔަސް އިމްތިހާނުގެ ސައްހަ ކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް