ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 21:05
ސީގަލް ކެފޭ ބަންދުކޮށްފައި
ސީގަލް ކެފޭ ބަންދުކޮށްފައި
ސިމާހާ ނަސީމް
ސީގަލް ކެފޭ ބަންދުކުރުން
ސާފުތާހިރުކަން ނެތުމުގެ ސަބަބުން ސީގަލް ކެފޭ ބަންދުކޮށްފި
ހިދުމަތް ލިބިގަންނަ ފަރާތްތައް ސިއްހީ ނުރައްކަލުން ރައްކާތެރި ކުރުމަށް

ސާފުތާހިރުކަން އެކަށީގެންވާ މިންވަރަށް ނެތުމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ސީގަލް ކެފޭ ބަންދުކޮށްފިއެވެ.

އެ އެޖެންސީން ބުނީ ސީގަލް ކެފޭ މިއަދުން ފެށިގެން ބަންދު ކުރީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވައިދާ ހިލާފުވެފައިވާތީ ކަމަށެވެ. އަދި ސީގަލް ކެފޭ ބަންދު ކުރީ އެ ކެފޭ އިން ހިދުމަތް ލިބިގަންނަ ފަރާތްތައް، ކާބޯތަކެތީގެ ޒަރިޔާ އިން ކުރިމަތިވެދާނެ ސިއްހީ ނުރައްކަލުން ރައްކާތެރި ކުރުމަށް ކަމަށް ވެސް އެ އެޖެންސީން ވަނީ ބުނެފައެވެ.

ސީގަލް ކެފޭ ބަންދުކޮށްފައި ވަނީ ކިހާ މުއްދަތަކަށް ކަމަށް އެޗްޕީއޭ އިން ހާމަކޮށްފައިނުވާއިރު ސީގަލްގައި ހަރުކޮށްފައިވާ ނޯޓިސްގައިވާ ގޮތުގައި އެ ނޯޓިސް ހަރުކޮށްފައިވާ މުއްދަތުގެ ތެރޭގައި ސީގަލް ކެފޭ އިން ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަކީ މަނާ ކަމެކެވެ.

އެކަމާ ގުޅޭ ގޮތުން ސީގަލްގެ ބަހެއް ހޯދާލުމަށް ރާއްޖެއެމްވީން ގުޅުމުން އެ ކުންފުންނިން ބުނީ ކެފޭ ބަންދުކުރުމާ ގުޅިގެން އެ ފަރާތުން ނޫސްބަޔާނެއް މިއަދު ނެރުމަށް ނިންމާފައިވާނެ ކަމަށެވެ.

ސީގަލް ކެފޭއަކީ ސީގަލް ގްރޫޕުން 1994 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ތަނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް