ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 15:15
ފަލަސްތީނަށް ފުރި ގައުމީ އަންހެން ފުޓުބޯޅަ ޓީމު
ފަލަސްތީނަށް ފުރި ގައުމީ އަންހެން ފުޓުބޯޅަ ޓީމު
އެފްއޭއެމް
އޮލިމްޕިކްސް 2020 ކޮލިފައިން
އޮލިމްޕިކްސް 2020 ގެ ކޮލިފައިން އަށް އަންހެން ފުޓުބޯޅަ ޓީމު ފަލަސްތީނަށް ފުރައިފި
ރާއްޖެ ފުރަތަމަ ނިކުންނާނީ އުރުދުންއާ ދެކޮޅަށް

ޖަޕާނުގައި 2020 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސްގެ ކޮލިފައިން ބުރު ކުޅުމަށް ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު ފަލަސްތީނަށް ފުރައިފިއެވެ.

އަންހެން ފުޓުބޯޅަ ޓީމު ހޯމަ ދުވަހު ފަލަސްތީނަށް ފުރާފައިވާއިރު، މި ޓީމުގައި ޒުވާން ގިނަ ކުޅުންތެރިން ހިމެނެއެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގްރޫޕް "ޑީ" ގައެވެ. މި ގްރޫޕްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ފަލަސްތީނާއި، އިންޑޮނޭޝިއާ އަދި އުރުދުންއެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ރާއްޖެ ނިކުންނާނީ އުރުދުންއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އާދީއްތަ ދުވަހު އިންޑޮނޭޝިއާއާ ދެކޮޅަށް ނިކުންނާއިރު، ފަހު މެޗުގައި ފަލަސްތީނާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 13 ވަނަ ދުވަހެވެ.

ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ނިކުންނަ ހުރިހާ ޓީމަކީ ވެސް ރޭންކިން އަށް ބަލާއިރު ރާއްޖެއަށް ވުރެ ދަރަޖައިގެ ގޮތުން މަތީ ޓީމުތަކެވެ.  

ކޮލިފައިންގެ ޓީމުތައް ޖުމްލަ ހަތަރު ގްރޫޕަކަށް ޓީމުތައް ބަހާލާފައިވާއިރު، ދެވަނަ ބުރަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެވެ.

ރާއްޖޭގެ ޒުވާން އަންހެން ޓީމު ވަނީ ދާދި ފަހުން އޭއެފްސީ ކޮލިފައިންގައި ވާދަކޮށްފައެވެ. އެހެން ނަމަވެސް ޒުވާން ޓީމު ވަނީ ކުޅުނު ހުރިހާ މެޗަކު ވެސް ބޮޑު ތަފާތަކުން ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް