ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 10:46
ރަހީމް ސްޓާލިން (ކ) އަދި ޕެޕް ގާޑިއޯލާ (ވ)
ރަހީމް ސްޓާލިން (ކ) އަދި ޕެޕް ގާޑިއޯލާ (ވ)
ގެޓީ އިމޭޖަސް
ރަހީމް ސްޓާލިން
ދުނިޔޭގެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ވަރަށް ވުރެ ސްޓާލިން ޒުވާން: ގާޑިއޯލާ
ސްޓާލިންގެ އެއްބަސްވުން 2020 ގައި ހަމަވާނެ

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ވަރަށް ވުރެ މެންޗެސްޓާ ސިޓީގެ އިނގިރޭސި ވިންގާ ރަހީމް ސްޓާލިން ޒުވާން ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ ބުނީ ސްޓާލިން އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، އެހެން ނަމަވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންގެ ތެރޭގައި ހިމެނެން އޭނާ އަދި ޒުވާން ކަމަށެވެ.

ސްޓާލިން ހުރީ މިވަގުތު ރަނގަޅު ފޯމެއްގައިކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ ސްޓާލިން ކޮންމެ ފަޅިއަކަށް އަދި ކޮންމެ މަގާމަކަށް ވެސް ކުޅޭ ކަމަށާއި، އޭނާގެ ހުނަރާމެދު އުފެއްދޭނެ ސުވާލެއް ނެތް ކަމަށެވެ.

ސިޓީއާއެކު އުމުރުން 23 އަހަރުގެ ސްޓާލިން ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާ އިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކަކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލިވަޕޫލުން 2011 ވަނަ އަހަރު ކެރިޔަރު ފެށި ސްޓާލިން ވަނީ އެޓީމަށް ހަތަރު ސީޒަން ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 129 މެޗުގައި 23 ލަނޑު ކާމިޔާބު ކޮށްފައެވެ.

ލިވަޕޫލް ދޫކޮށްލުމަށް ފަހު ސްޓާލިން ސިޓީ އަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 153 މެޗުގައި 50 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެޓީމާ އެކު ޕްރިމިއާ ލީގު އަދި ފުޓުބޯލް ލީގް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި އިންގްލޭންޑު ޓީމުގައި ހސްޓާލިން ހިމެނުނެވެ. އަދި އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 46 މެޗުގައި ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް