ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 04:33
ހިޔާ މަޝްރޫއުގެ ދަށުން ފޯމު ދޫކުރަނީ
ހިޔާ މަޝްރޫއުގެ ދަށުން ފޯމު ދޫކުރަނީ
މުހައްމަދު ޝަރުހާން
ފްލެޓް ލިބުނު ފަރާތްތައް
ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި
އަންނަ އަހަރުގެ ކުރީކޮޅު ފްލެޓަށް ވަދެވޭނެ
އެކި ރަށްރަށުގައި އަޅާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ވެސް އިއުލާންކޮށްފައިވޭ

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އިއުލާނުކުރި 7000 ފްލެޓަށް ކުރިމަތި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ހައުސިންގް މިނިސްޓްރީން އާންމުކޮށްފި އެވެ.

ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އާދިއްތަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓުގައި އާންމުކޮށްފައިވާނެ ކަމަށާއި މީގެ އިތުރުން އެކި ރަށްރަށުގައި އަޅާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ވެސް އިއުލާންކޮށްފައިވާނެ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގދ. ތިނަދޫ، ގދ. ގައްދޫ، ގއ. ވިލިނގިލީގެ އިތުރުން ހއ. ދިއްދޫގެ ލިސްޓް އިއުލާންކޮށްފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ 7000 ފްލެޓްގެ މަޝްރޫއު އަންނަ އަހަރުގެ ކުރީކޮޅު ނިމި މީހުންނަށް ވަދެވޭނެ ކަމަށް މިނިސްޓަރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހިޔާ މަޝްރޫއުއަކީ ގާތްގަނޑަކަށް 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ މަސައްކަތްތައް 2019 އަހަރު ނިމޭނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

މި މަޝްރޫއު ކުރިއަށްދަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ސިވިލް ސަރވިސް މުވައްޒަފުންނާއި އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނާއި ދަފްތަރުގައި ހިމެނޭ މީހުންނާއި މާލޭގެ ރައްޔިތުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ސިފައިންނާއި ފުލުހުންނަށްވެސް ފްލެޓް ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް ވެސް ފްލެޓް ދޫކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭން ފްލެޓް ހޯދުމަށް 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
5 ނޮވެންބަރ 2018 | ހޯމަ 03:17
މަގޭ ހައްގު
ސަކުވާ ހުށަހެޅިން އަދިވެސް ޖަވާބެއް ނުލިބޭ އަދި ނުވެސް ގުޅާ.ކުއްޔަށް އުޅެނީ 18 އަހަރު ނުފުރޭ 04 ކުދިނާއި ދެމަފިރިން އެއް ކޮޓަރިއެއްގައި. އެކަމަކު ދައްތައަށް ލިބުނު ދައްތަގެ 05 ކުދިންތިބޭ 18 އަހަރު ނުފުރޭ އެއްކުއްޖަކުވެސް ނެތް. ބޭބެ ވަޒީފާގައި ރަށުން ބޭރުގައި. ދިރިއުޅުމުގެ ބައިން މަށައް 40 ފޮއިންޓް އިން 15 ފޮއިންޓް ދައްތައަށް 40 ފޮއިންޓް އިން 35 ފޮއިންޓް.