ކ. މާލެ
|
4 ނޮވެންބަރ 2018 | އާދީއްތަ 21:18
ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ
ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ
ގެޓީ އިމޭޖަސް
ރެއާލް މެޑްރިޑް
ރައީސް ޕެރޭޒް ބޭނުންވަނީ ރެއާލްގެ ކޯޗަކަށް ޕޮޗެޓީނޯ ގެންނަން!
ޕޮޗެޓީނޯގެ ޓޮޓެންހަމް އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރު

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބޭނުންފުޅު ވަނީ ރެއާލް މެޑްރިޑްގެ ކޯޗަކަށް ޓޮޓެންހަމްގެ މިހާރުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެންނަން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ މިރާ އިން ބުނީ ރެއާލްގެ ކޯޗަކަށް ޕޮޗެޓީނޯ ގެންނަން ޕެރޭޒް ބޭނުންފުޅުވާ ކަމަށާއި، ޕޮޗެޓީނޯ އަކީ ޕެރޭޒްގެ ފުރަތަމަ ޗޮއިސް ކަމަށެވެ. އެގޮތުން ޕޮޗެޓީނޯ ގެންނަން ރެއާލް އިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ދަ ޓެލެގްރާފުން ބުނީ މި ސީޒަނަށް ފަހު ޓޮޓެންހަމްގެ ކޯޗުކަން ޕޮޗެޓީނޯ ދޫކޮށްލާނެ ކަމަށާއި، މި ސީޒަނުގައި ވެސް ކޯޗުކަން ދޫކޮށްލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެގޮތުން ސީޒަން ނިމުމުގެ ކުރިން ކޯޗުކަން ޕޮޗެޓީނޯ ދޫކޮށްފާނެތީ ޓޮޓެންހަމްގެ ކުޅުންތެރިން އެކަމާ ކަންބޮޑުވެގެން އުޅޭ ކަމަށް ވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ޓޮޓެންހަމްއާ އެކު ޕޮޗެޓީނޯ ހަދާފައިވާ އެއްބަސްވުން މި އަހަރުގެ މެއި މަހު ފަސް އަހަރަށް ވަނީ އާކޮށްފައެވެ. އެގޮތުން އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން 2023 ވަނަ އަހަރުގެ ނިޔަލަށް ޕޮޗެޓީނޯ އެ ކްލަބުގައި މަޑުކުރަން ޖެހޭނެއެވެ.

މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި އެސްޕަނިއޯލް އަދި ޕީއެސްޖީއަށް ވެސް ކުޅެފައިވާ ޕޮޗެޓީނޯ އޭނާގެ ކޯޗިން ކެރިޔަރު ފެށީ 2009 ވަނަ އަހަރު އެސްޕަނިއޯލް އިންނެވެ. އެ ކްލަބްގެ އިތުރުން އޭނާ ވަނީ ސައުތްހެމްޕްޓަން އަށް ވެސް ކޯޗުކަން ކޮށްދީފައެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވީ 2014 ވަނަ އަހަރެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ޓޮޓެންހަމް ކުޅުނު 234 މެޗުގެ ތެރެއިން 130 މެޗުން މޮޅުވެފައިވާއިރު، 52 މެޗުން ވަނީ ބަލިވެފައެވެ. ބާކީ 52 މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް