ކ. މާލެ
|
4 ނޮވެންބަރ 2018 | އާދީއްތަ 18:38
ރޮމެލޫ ލުކާކޫ (ކ) އަދި މާކަސް ރަޝްފޯޑް (ވ)
ރޮމެލޫ ލުކާކޫ (ކ) އަދި މާކަސް ރަޝްފޯޑް (ވ)
ޓްވިޓަރ
މެންޗެސްޓާ ޔުނައިޓެޑު
ލުކާކޫގެ ބަދަލުގައި ރަޝްފޯޑްގެ ފުރަތަމަ 11 ގައި ހިމަނަން ޖެހޭ: ފާޑިނެންޑް
މޮރީނިއޯގެ އިރުޝާދުގެ ދަށުން ރަޝްފޯޑް އަށް ކުޅެން ގިނަ ވަގުތު ލިބޭ
ރަޝްފޯޑް އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް

މެންޗެސްޓާ ޔުނައިޓެޑުގެ ފުރަތަމަ 11 ގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫގެ ބަދަލުގައި އިންގްލޭންޑްގެ މާކަސް ރަޝްފޯޑް ހިމަނަން ޖެހޭ ކަމަށް އެޓީމަށް ކުރިން ކުޅުނު ރިއޯ ފާޑިނެންޑް ބުނެފިއެވެ.

ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ފާޑިނެންޑް ބުނީ ރަޝްފޯޑް އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، މޮރީނިއޯގެ އިރުޝާދުގެ ދަށުން ރަޝްފޯޑް އަށް ކުޅެން ގިނަ ވަގުތު ލިބޭ ކަމަށެވެ.

އެހެންނަމަވެސް ފާޑިނެންޑް ބުނީ ރަޝްފޯޑްގެ މިހާރުގެ އުމުރަކީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ފުރުސަތު ނުލިބޭނަމަ މާޔޫސްވާ އުމުރެއް ކަމަށާއި، ރަޝްފޯޑްގެ ހުނަރު ދަނޑުމަތިން ފެންނަންޖެހޭ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2015 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ކެރިޔަރު ފެށި އުމުރުން 21 އަހަރުގެ ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ކުޅުނު 134 މެޗުގައި 34 ލަނޑު ކާމިޔާބުކޮށްފަ އެވެ.

މި ސީޒަނުގައި ރަޝްފޯޑް ވަނީ ޔުނައިޓެޑަށް މިހާތަނަށް 11 މެޗު ކުޅެ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން 8 މެޗަކީ އޭނާ ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކެވެ.

ޗެލްސީ އާއި އެވަޓަން އަށް ވެސް ކުޅެފައިވާ އުމުރުން 25 އަހަރުގެ ލުކާކޫ ޔުނައިޓެޑަށް ބަދަލުވީ 2017 ވަނަ އަހަރުގެ ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 65 މެޗުގައި 31 ލަނޑު ކާމިޔާބުކޮށްފައެވެ.

މި ސީޒަނުގައި ލުކާކޫ ޔުނައިޓެޑަށް ކުޅުނު 14 މެޗުގައި ހަތަރު ލަނޑު ކާމިޔާބު ކޮށްފައިވާއިރު، އޭގެ ތެރެއިން 10 މެޗަކީ ޕްރިމިއާ ލީގުގައި އޭނާ ކުޅުނު މެޗުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް