ކ. މާލެ
|
3 ނޮވެންބަރ 2018 | ހޮނިހިރު 20:51
ބާސާ އަށް ކުޅެމުން އަންނަ މެލްކޮމް
ބާސާ އަށް ކުޅެމުން އަންނަ މެލްކޮމް
ގެޓީ އިމޭޖަސް
މެލްކޮމް ބާސާ ދޫކޮށްލުން
ޖެނުއަރީ ޓްރާންސްފާގައި މެލްކޮމް ބާސާ ދޫކޮށްލަނީ
ބާސާ ޖޯޒީގައި މެލްކޮމް އަދި ކުޅުނީ ތިން މެޗު
ބާސާ ޖޯޒީގައި މެލްކޮމް އަދި ކުޅުނީ ތިން މެޗު

ޖެނުއަރީ ޓްރާންސްފާގައި ބްރެޒިލްގެ ޒުވާން ވިންގާ މެލްކޮމް ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާ ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މުންޑޯ ޑިޕޯޓިވޯ އިން ބުނީ ބާސާގައި މެލްކޮމް އަށް ކުޅެން ލިބޭ ވަގުތު ކުޑަވެގެން އެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށާއި، ކުޅެން ވަގުތު މަދުން ލިބޭނަމަ ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި އޭނާ ބާސާ ދޫކޮށްލާނެ ކަމަށެވެ.

މި އަހަރުގެ ޖުލައި މަހު 41 މިލިއަން ޔޫރޯގެ އިތުރުން ބޯނަސްގެ ގޮތުގައި އެއް މިލިއަން ޔޫރޯ ދިނުމަށްފަހު ބާސާ އިން މެލްކޮމް ގެނައީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮރިންތިއަންސް އިން 2014 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 21 އަހަރުގެ މެލްކޮމް ވަނީ އެ ކްލަބަށް ކުޅުނު 70 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ބްރެޒިލިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

ކޮރިންތިއަންސް ދޫކޮށްލުމަށްފަހު މެލްކޮމް ދެން ބަދަލުވީ ބޯޑޯ އަށެވެ. އެގޮތުން އޭނާ ވަނީ ބޯޑޯ އަށް ކުޅުނު 96 މެޗުގައި 23 ލަނޑު ކާމިޔާބުކޮށްފައެވެ.

ބޯޑޯ އަށް ކުޅުމަށްފަހު މި ސީޒަނުގައި ބާސާ އަށް ބަދަލުވެ މެލްކޮމް މިހާތަނަށް ކުޅުނީ ތިން މެޗެވެ. އެ ތިން މެޗުން ކުރެ މެޗެއްގައިވެސް މެލްކޮމް އަށް ލަނޑެއް ޖެހިފައި ނުވާއިރު، އޭނާ އަށް ކުޅެންވެސް ފުރުސަތެއް ނުލިބެއެވެ.

ބްރެޒިލްއާއެކު 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ދެވަނަ 2015 ވަނަ އަހަރު ހޯދި މެލްކޮމް ވަނީ ބްރެޒިލްގެ ޒުވާން ޓީމުތަކަށްވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް