ކ. މާލެ
|
2 ނޮވެންބަރ 2018 | ހުކުރު 23:09
ދިރާގު ރޯޑް ރޭސްގެ ތެރެއިން
ދިރާގު ރޯޑް ރޭސްގެ ތެރެއިން
ދިރާގު
ދިރާގު ރޯޑް ރޭސް
ކާމިޔާބުކަމާއެކު ދިރާގު ރޯޑް ރޭސް ނިންމާލައިފި
10 ކިލޯ މީޓަރުގެ ފިރިހެން ބައިން އެއްވަނަ ހޯދީ ހުސެއިން ފަޒީލް
ފަސް ކިލޯ މީޓަރުގެ ފިރިހެން ބައިން އެއްވަނަ ހޯދީ މުހައްމަދު ރަޝީދު
45 އަހަރުން މަތީގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ އިބްރާހިމް ނައީމް

ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ފޯރިގަދަ، އެންމެ ގިނަ ބަޔަކު ބައިވެރިވާ ދިރާގު ރޯޑް ރޭސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިފަހަރުގެ ރޭސްގައި އެކި ކެޓަގަރީތަކުން 4،000 ދުވުންތެރިން ވާދަކޮށްފައިވާއިރު، މިއީ 2007 ވަނަ އަހަރު ފެށި މި ރޭހުގައި އެންމެ ގިނަ ބަޔަކު ބައިވެރި ފަހަރެވެ. 

ރޭހުގެ 10 ކިލޯ މީޓަރުގެ ފިރިހެން އެއްވަނަ 34 މިނެޓު 28 ސިކުންތުން ނިންމައިގެން ހުސެއިން ފަޒީލް ހާރޫން ހޯދާފައިވާއިރު، ދެވަނަ ހޯދީ ހުސެއިން ރިޒާ އެވެ. އަދި ތިންވަނަ ހޯދީ އަހުމަދު ރިޒާއެވެ. 10 ކިލޯ މީޓަރުގެ އަންހެން ބައިން އެއްވަނަ 45 މިނެޓު 33 ސިކުންތުން ނިންމައިގެން މަރިޔަމް އަބްދުލް ކަރީމް ހޯދިއިރު، ދެވަނަ ހޯދީ ޕެޓްރީޝިއާ ޑޮރީން ގޮމޭޒްއެވެ. އަދި ތިންވަނަ ހޯދީ ފާތިމަތު ނިއުޝާއެވެ. 

ރޭހުގެ ފަސް ކިލޯ މީޓަރުގެ ފިރިހެން ބައިން އެއްވަނަ 16 މިނެޓު 41 ސިކުންތުން ރޭސް ނިންމައިގެން މުހައްމަދު ރަޝީދު ހޯދިއިރު، ދެވަނަ ހޯދީ ޝިފާޒް މުހައްމަދު އެވެ. އަދި ތިންވަނަ ހޯދީ އަބްދުލް ރަޝީދު އިސްމާއިލްއެވެ. ފަސް ކިލޯ މީޓަރުގެ އަންހެން ބައިން އެއްވަނަ 21 މިނެޓު 20 ސިކުންތުން ރޭސް ނިންމައިގެން ވަފިއްޔާ މުހައްމަދު ހޯދިއިރު، ދެވަނަ ހޯދީ އާމިނަތު ޖާއިޝާ ޖުނީޒްއެވެ. އަދި ތިންވަނަ ހޯދީ ތިލްނާ ޗަތުރަންގާ ޖަޔަކޯޑިއެވެ. 

އުމުރު ފުރާތަކުން 45 އަހަރުން މަތީގެ ފިރިހެން ބައިގެ އެއްވަނަ 20 މިނެޓު 26 ސިކުންތުން ރޭސް ނިންމައިގެން އިބްރާހިމް ނައީމް ހޯދިއިރު، ދެވަނަ ހޯދީ އަލީ ރިޔާޒްއެވެ. އަދި ތިންވަނަ މުހައްމަދު ޖުނައިދުއެވެ. 45 އަހަރުން މަތީގެ އަންހެން ބައިން އެއްވަނަ 29 މިނެޓު 33 ސިކުންތުން ރޭސް ނިންމައިގެން ފާތިމަތު ސީމާ ހޯދާފައިވާއިރު، ދެވަނަ ހޯދީ ނަޝީދާ އަލީއެވެ. އަދި ތިންވަނަ ހޯދީ އައިޝަތު ސައީދާއެވެ. 

ސްކޫލް ކެޓަގަރީތަކުގެ 13 އަހަރުން ދަށުގެ ފިރިހެން އެއްވަނަ 22 މިނެޓު 37 ސިކުންތުން ރޭސް ނިންމައިގެން އަބްސަލް އަބްދުﷲ އާދަން ހޯދިއިރު، އަންހެން ބައިގެ އެއްވަނަ 27 މިނެޓު އެއް ސިކުންތުން ރޭސް ނިންމައިގެން ހޯދީ މަރިޔަމް ސާރާ އިސްމާއިލް އެވެ. 

ސްކޫލް ކެޓަގަރީތަކުގެ 13 އަހަރުން މަތީގެ ފިރިހެން އެއްވަނަ 19 މިނެޓު 12 ސިކުންތުން ރޭސް ނިންމައިގެން އިސްމާއިލް މަސޫން އަހުމަދު ހޯދިއިރު، އަންހެން ބައިން އެއްވަނަ 26 މިނެޓު ފަސް ސިކުންތުން ރޭސް ނިންމައިގެން ހޯދީ މަރިޔަމް ޔާނާ ނާސިހް އެވެ. 

މިއަހަރުގެ ރޭހުގެ ވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް