ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 13:28
ޔުނައިޓެޑަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް
ޔުނައިޓެޑަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް
ގެޓީ އިމޭޖަސް
އެލެކްސަސް ސަންޗޭޒް
ޔުނައިޓެޑުން ސަންޗޭޒް ޕީއެސްޖީއަށް ދޫކޮށްލަނީ!
ސަންޗޭޒްގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

މެންޗެސްޓާ ޔުނައިޓެޑުން އެ ކްލަބަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސަސް ސަންޗޭޒް ޕެރިސް ސެއިން ޖާމަން (ޕީއެސްޖީ) އަށް ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ "ދަ ސަން" އިން ބުނީ ސަންޗޭޒް ޕީއެސްޖީ އަށް ދޫކޮށްލުމަށް ޔުނައިޓެޑުން ނިންމާފައިވާ ކަމަށާއި، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި އެކަންތައް ކުރިޔަށްދާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕީއެސްޖީން ނޭމާ ނުވަތަ ކީލިއަން އެމްބަޕޭގެ ރިޕްލޭސްމެންޓެއްގެ ގޮތުގައި ސަންޗޭޒް ގެނައުމަށް ޝައުގުވެރިވާ ކަމަށް ވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

މި އަހަރުގެ ޖެނުއަރީ މަހު އަހަރަކު 14 މިލިއަން ޕައުންޑު މުސާރައިގެ ގޮތުގައި ލިބޭ ގޮތަށް ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން އޭނާގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް ވަނީ އެ ކްލަބާ އެކު ވެސް ގިނަ ކާމިޔާބީތައް ހޯދާފައެވެ. ބާސާގައި ކާމިޔާބީތައް ހޯދުމަށް ފަހު ސަންޗޭޒް ބަދަލުވީ އާސެނަލްއަށެވެ.

ސަންޗޭޒް ވަނީ އާސެނަލް އަށް ކުޅުނު 166 މެޗުގައި 80 ލަނޑު ކާމިޔާބުކޮށްފައެވެ. އާސެނަލް ދޫކޮށް ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވެފައި ވާއިރު، އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 26 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

ޗިލީގެ ގައުމީ ޓީމަށް ކުޅުނު 122 މެޗުގައި 39 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ އެޓީމާއެކު ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް