ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 11:52
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ގެޓީ އިމޭޖަސް
މައުރީސިއޯ ޕޮޗެޓީނޯ
މި ސީޒަނަށް ފަހު ޓޮޓެންހަމްގެ ކޯޗުކަން ޕޮޗެޓީނޯ ދޫކޮށްލަނީ!
ޓޮޓެންހަމްގައި 2023 ވަނަ އަހަރުގެ ނިޔަލަށް ޕޮޗެޓީނޯ މަޑުކުރަންޖެހޭނެ

މި ސީޒަނަށް ފަހު ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުކަން މައުރީސިއޯ ޕޮޗެޓީނޯ ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ ޓެލެގްރާފުން ބުނީ މި ސީޒަނަށް ފަހު ޓޮޓެންހަމްގެ ކޯޗުކަން ޕޮޗެޓީނޯ ދޫކޮށްލާނެ ކަމަށާއި، މި ސީޒަނުގައި ވެސް ކޯޗުކަން ދޫކޮށްލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެގޮތުން ސީޒަން ނިމުމުގެ ކުރިން ކޯޗުކަން ޕޮޗެޓީނޯ ދޫކޮށްފާނެތީ ޓޮޓެންހަމްގެ ކުޅުންތެރިން އެކަމާ ކަންބޮޑުވެގެން އުޅޭ ކަމަށް ވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ ޕޮޗެޓީނޯ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ޕޮޗެޓީނޯ ޓޮޓެންހަމް ދޫކޮށްލާނީ ކޮންއިރަކު ކަމެއް އަދި ކޯޗުކަން ދޫކޮށްލައިފި ނަމަ ބަދަލުވާނީ ކޮން ކްލަބަކާ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.  

ޓޮޓެންހަމްއާ އެކު ޕޮޗެޓީނޯ ހަދާފައިވާ އެއްބަސްވުން މި އަހަރުގެ މެއި މަހު ފަސް އަހަރަށް ވަނީ އާކޮށްފައެވެ. އެގޮތުން އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން 2023 ވަނަ އަހަރުގެ ނިޔަލަށް ޕޮޗެޓީނޯ އެ ކްލަބުގައި މަޑުކުރަން ޖެހޭނެއެވެ. 

ޕްރިމިއާ ލީގަށް ބަލާއިރު، ޓޮޓެންހަމް އޮތީ ކުޅުނު 10 މެޗުން ލިބުނު 21 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. އެޓީމު ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފައެވެ.

މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި އެސްޕަނިއޯލް އަދި ޕީއެސްޖީއަށް ވެސް ކުޅެފައިވާ ޕޮޗެޓީނޯ އޭނާގެ ކޯޗިން ކެރިޔަރު ފެށީ 2009 ވަނަ އަހަރު އެސްޕަނިއޯލް އިންނެވެ. އެ ކްލަބްގެ އިތުރުން އޭނާ ވަނީ ސައުތްހެމްޕްޓަން އަށް ވެސް ކޯޗުކަން ކޮށްދީފައެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވީ 2014 ވަނަ އަހަރެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ޓޮޓެންހަމް ކުޅުނު 232 މެޗުގެ ތެރެއިން 128 މެޗުން މޮޅުވެފައިވާއިރު، 52 މެޗުން ވަނީ ބަލިވެފައެވެ. ބާކީ 52 މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

- ކޮމެންޓް