ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 21:57
ޒަޚަމްވި އުމުރުން 22 އަހަރުގެ މުހައްމަދު އީވާން
ޒަޚަމްވި އުމުރުން 22 އަހަރުގެ މުހައްމަދު އީވާން
ޓްވިޓަރ
އައްޑޫ މާރާމާރީ
އައްޑޫސިޓީގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
އީވާންގެ ހާލު އަދިވެސް ވަރަށް ސީރިއަސް
މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 10 މީހުން ވެސް ވަނީ ދޫކޮށްލާފައި

އޮކްޓޯބަރު 6 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 10 މީހުން ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެމީހުން ދޫކުރި މައްސަލަ މިހާރު އިސްތިއުނާފު ކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މާރާމާރީގައި ޒަހަމް ކޮށްލާފައިވަނީ އުމުރުން 22 އަހަރުގެ މުހައްމަދު އީވާންއެވެ. އީވާންގެ ބުރަ ކަށްޓަށާއި، ކަރަށް އަދި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު އޭނާގެ ފުއްޕާމެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އީވާންގެ އާއިލާ އިން ބުނީ އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށާއި އައިޖީއެމްއެޗްގެ އައިސީޔޫގައި އޭނާއަށް ފަރުވާދެމުންދާ ކަމަށެވެ.

މި މާރާމާރީއާ ގުޅިގެން 17 އަހަރުގެ ކުޑަ ކުއްޖަކު ހުޅުމީދޫއަށް ދިއުމުން ކޯޓު އަމުރެއްގެ ދަށުން އެ ރަށުން ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. އަދި އަނެއް 5 މީހުން ހައްޔަރު ކޮށްފައިވަނީ ފޭދޫ ގެއެއްގެ ތެރޭގައި ފިލާ ތިއްބާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.

އެ މައްސަލާއާ ގުޅިގެން ފުލުހުން ބެލުމުގެ ދަށުގައި ގެންގުޅުނީ އުމުރުން 17 އަހަރުގެ ދެ ކުޑަކުދިންނާއި އުމުރުން 18 އަހަރުގެ މީހަކާއި އުމުރުން 22 އަހަރުގެ މީހެއްގެ އިތުރުން އުމުރުން 21 އަހަރުގެ މީހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް