އިންޓާލިއަން ލީގުގައި އިކާޑީގެ ދެ ލަނޑުން ލާޒިއޯ ބަލިކޮށް އިންޓަ މިލާން ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހިލައިފިއެވެ.
ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ލާޒިއޯއާ ވާދަކޮށް އިންޓަ އިން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
ލާޒިއޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 28 ވަނަ މިނެޓުގައި އިންޓަ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިކާޑީއެވެ.
މި ލަނޑަށްފަހުވެސް އިންޓަގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، 41 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރޮޒޮވިޗްއެވެ.
ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ލާޒިއޯގެ މައްޗަށް އިންޓަ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެންވެސް އިންޓަގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ހާފްގައި އިންޓަގެ ލަނޑު ކާމިޔާބުކޮށްދިނީވެސް އިކާޑީއެވެ.
މި ނަތީޖާއާއެކު އިންޓަ ވަނީ ކުޅުނު 10 މެޗުން 22 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ލާޒިއޯ އޮތީ ކުޅުނު 10 މެޗުން ލިބުނު 18 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ.