ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 19:54
ލެޕްޓޮޕްތައް ވަގަށް ނެގުމުގައި ހަރަކާތްތެރިވި ތިން މީހެއްގެ ތެރެއިން ދެ މީހަކު
ލެޕްޓޮޕްތައް ވަގަށް ނެގުމުގައި ހަރަކާތްތެރިވި ތިން މީހެއްގެ ތެރެއިން ދެ މީހަކު
ރާއްޖެއެމްވީ
ލެޕްޓޮޕް ވަގަށް ނެގުން
އެސްޓާސް އިން ގިނަ އަދަދެއްގެ ލެޕްޓޮޕްތައް ވަގަށް ނަގައިފި
ވަގަށް ނަގާފައިވަނީ 7 ލެޕްޓޮޕް
ލެޕްޓޮޕްތަކުގެ ޖުމްލަ އަގަކީ 71،665 ރުފިޔާ
ލެޕްޓޮޕްތައް ވަގަށް ނަގާފައިވަނީ ތިން މީހެއްގެ ގްރޫޕަކުން

އިންޑިއަން ހައި ކޮމިޝަން ކުރިމަތީގައި ހުންނަ އެސްޓާސް އިން ގިނަ އަދަދެއްގެ ލެޕްޓޮޕްތަކެއް އެކި ދުވަސް މަތިން ވަގަށް ނަގައިފިއެވެ.

މި ލެޕްޓޮފްތައް ވަގަށް ނަގާފައިވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހާއި 28 ވަނަ ދުވަހު އެސްޓާސް އަށް ވަތް ތިން މީހުންގެ ގްރޫޕަކުންނެވެ. އެސްޓާސްގެ ފަރާތުން ބުނީ ވަގަށް ނަގާފައިވަނީ އޭސާ ބްރޭންޑްގެ ކަޅު އެއް ލެޕްޓޮޕާކާއި ލެނޮވޯ ބްރޭންޑްގެ ދެ ލެޕްޓޮޕާއި (އަޅި ކުލަ އަދި ކަޅު ކުލަ)، އެޗްޕީ ބްރޭންޑްގެ އަޅި ދެ ލެޕްޓޮޕާއި އަސޫސް ބްރޭންޑްގެ އަޅި ދެ ލެޕްޓޮޕް ކަމަށެވެ.

ވަގަށް ނަގާފައިވާ ޖުމްލަ 7 ލެޕްޓޮޕްގެ އަގަކީ 71،665 ރުފިޔާއެވެ.

އެސްޓާސްގެ މުވައްޒަފަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ލެޕްޓޮޕް މަދުކަން އެނގުނީ ކަސްޓަމަރަކު ރިޒާވްކޮށްފައި ހުރި ލެޕްޓޮޕެއް ނެތިގެން ހޯދަން ފެށުމުން ކަމަށެވެ. އަދި މީގެ ކުރިން އެކަހަލަ ކަމެއް ދިމާވެފައި ނުވާތީ އެކަހަލަ ކަމެއް ސީސީޓީވީ ކެމެރާތައް ހުއްޓާ ހިނގާފާނެ ކަމަށް ވެސް ހިތަށް ނާރާ ކަމަށް އެ މުވައްޒަފު ބުންޏެވެ. އަދި އެ ލެޕްޓޮޕްތައް އެމީހުން ވަގަށް ނަގާފައިވަނީ ވަރަށް ޕްލޭންކޮށްގެން ކަމަށާއި އެ މައްސަލަ މިހާރު ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް އެސްޓާސް އިން ބުންޏެވެ. އެސްޓާސް އެ ތިން މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 7782001 ނަންބަރަށް ގުޅައިގެން ހިއްސާ ކުރުމަށް އެސްޓާސް އިން ވަނީ އެދިފައެވެ.

އެސްޓާސް އިން އާންމުކޮށްފައިވާ ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުން އެ މީހުން ލެޕްޓޮޕްތައް ކައިރީގައި ކުޑައިރުކޮޅަކު މަޑުކޮށްލައިގެން ތިބުމަށްފަހު ލެޕްޓޮޕް ނަގައިގެން ގަމީސް ދަށަށް ޖެހުމަށް ފަހު އެ ހިފައިގެން ނުކުމެގެންދެއެވެ.

އެސްޓާސް އަކީ އިލެކްޓްރޯނިކްސްގެ ގިނަ ސާމާނުތައް ވިއްކަމުން އަންނަ ފަރާތެކެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް