ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 17:57
ޗެލްސީގެ ކުރީގެ ކޯޗު ކޮންޓޭ (ކ) އަދި ރެއާލްގެ ކޯޗު ލަޕެޓީގު (ވ)
ޗެލްސީގެ ކުރީގެ ކޯޗު ކޮންޓޭ (ކ) އަދި ރެއާލްގެ ކޯޗު ލަޕެޓީގު (ވ)
ޓްވިޓަރ
ރެއާލް މެޑްިރޑް
ރެއާލްގެ ކޯޗުކަމުން ލަޕެޓީގު ވަކިކޮށް ކޮންޓޭ އެ މަގާމަށް ގެންނަނީ!
ލަޕެޓީގު މިހާތަނަށް އިރުޝާދުދިން 14 މެޗުގެ ތެރެއިން ހަ މެޗުން ރެއާލް ވަނީ ބަލިވެފައި

ރެއާލް މެޑްރިޑްގެ ކޯޗުކަމުން ޖޫލިއަން ލަޕެޓީގު ވަކިކޮށް އެ މަގާމަށް ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެ މަގާމަށް ގެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ގޯލް ޑޮޓްކޮމް އިން ބުނީ ރެއާލް ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން ލަޕެޓީގު ވަކި ކުރުމަށް ނިންމާފައިވާ ކަމަށާއި، މި ހަފްތާ ތެރޭގައި ލަޕެޓީގު ވަކިކޮށް ރެއާލްގެ ކޯޗަކަށް ކޮންޓޭ ހަމަޖައްސާނެ ކަމަށެވެ.

އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާ އަތުން 1-5 ގެ ތަފާތުބޮޑު ނަތީޖާއަކުން ރެއާލް ބަލިވި މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ލަޕެޓީގު ބުނީ ހުރިހާ ކަމެއްވެސް އަދި ރަނގަޅު ކުރެވޭނެ ކަމަށާއި، ރެއާލްގެ ސްކޮޑަށް ފުރިހަމައަށް އިތުބާރު ކުރާ ކަމަށެވެ.

ލަޕެޓީގުއާ ބެހޭގޮތުން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް ބުނީ ކޯޗު ވަކިކުރުމަކީ ކުޅުންތެރިން އަތްމަތީގައި އޮތް ކަމެއް ނޫން ކަމަށާއި، އެންމެ ފަހުވަގުތާ ޖެހެންދެންވެސް ކޯޗާއެކު ދެމިހުންނާނެ ކަމަށެވެ.

ގޯލްޑޮޓްކޮމް އަށް އިންޓަވިއު ދިން އޮފިޝަލަކު ވިދާޅުވީ، މިހާލަތުން ރެއާލް އަރައިގަންނަން ޖެހޭ ކަމަށާއި، ވީހާވެސް އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

ސްޕެނިޝް ލީގުގައި ރެއާލް ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ. ބާކީ ހަތަރު މެޗުން ބަލިވެފައިވާއިރު، އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ލަޕެޓީގުގެ އިރުޝާދުގެ ދަށުން ރެއާލް މިހާތަނަށް 14 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން ރެއާލް މޮޅުވީ ހަ މެޗުންނެވެ. ބާކީ ހަ މެޗުން ބަލިވެފައިވާއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް