ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 22:54
ބަޔާންގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ބަޔާންގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ބުންޑަސްލީގާ
ބުންޑަސްލީގާ: މެއިންޒް ބަލިކޮށް ބަޔާނުން ފަރަގު ކުޑަކޮށްފި
ބަޔާން އޮތީ 19 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައި

ބުންޑަސްލީގާގައި މެއިންޒް ބަލިކޮށް ބަޔާން މިއުނިކުން ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް ބްރޫޝިއާ ޑޯޓްމަންޑާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ކުޑަކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ މެއިންޒްއާ ވާދަކޮށް ބާޔާނުން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މެއިންޒް ދަނޑުގައި ކުޅުނު މި މެޗު ފުރަތަމަ ހާފްގައި ދެޓީމަށް ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއްވަނީ ލިބިފައެވެ. އެގޮތުން ބަޔާނަށް ވަނީ ލީޑު ނެގުމަށް ހުސް ފުރުސަތުތަކެއްވެސް ލިބި ބާކާރުވެފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބަޔާނުންނެވެ. މި ލަނޑު 39 ވަނަ މިނެޓުގައި އެޓީމަށްކާމިޔާބުކޮށްދިނީ ގޯޒްކާއެވެ. މި ލަނޑަށްފަހު ވެސް ބަޔާނަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް މެއިންޒް އިން ވަނީ ނަތިޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބޮއެޓަސްއެވެ.

އެހެން ނަމަވެސް ބަޔާނުން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް، 62 ވަނަ މިނެޓުގައި އަނބުރާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތިއާގޯ އަލަކަންޓާރާއެވެ.

މި ނަތީޖާއާއެކު ބަޔާނުން ވަނީ ކުޅުނު ނުވަ މެޗުން 19 ޕޮއިންޓް ހަމަކޮށްފައެވެ. މެޗުން ބަލިވި މެއިންޒް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 13 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ހާތަބާލިންއާ ވާދަކޮށް ބްރޫޝިއާ ޑޯޓްމަންޑް ވަނީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. މި ނަތީޖާއާއެކު ޑޯޓްމަންޑް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 21 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ހާތަ ބާލިން އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސް ވަނައިގައެވެ.

- ކޮމެންޓް