ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 22:23
އެޓްލެޓިކޯ މެޑްރިޑުން އުފާފާޅުކުރަނީ
އެޓްލެޓިކޯ މެޑްރިޑުން އުފާފާޅުކުރަނީ
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގައި: ސޮސައިޑާޑް ބަލިކޮށް އެޓްލެޓިކޯ އެއްވަނަ އަށް
އެޓްލެޓިކޯ އެއްވަނަ އަށް އެރީ 19 ޕޮއިންޓާއެކު

ސްޕެނިޝް ލަލީގާގައި ރެއާލް ސޮސައިޑާޑް ބަލިކޮށް އެޓްލެޓީކޯ މެޑްރިޑް ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ސޮސައިޑާޑްއާ ވާދަކޮށް އެޓްލެޓިކޯ އިން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

އެޓްލެޓިކޯ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށް އެޓީމުން ވަނީ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

އެޓްލެޓިކޯ އިން މެޗުގެ ލީޑު ނެގީ 45 މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިއެގޯ ގޮޑިންއެވެ. މި ލަނޑާއެކު ފުރަތަަމަ ހާފް ނިމުނީ 0-1 ގެ ނަތިޖާއިން ސޮސައިޑާޑްގެ މައްޗަށް އެޓްލެޓިކޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް އެޓްލެޓިކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، 60 މިނެޓުގައި ފިލިޕޭ ލުއިޒް ކާމިޔާބު ކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

މި ލަނޑަށްފަހު ވެސް އެޓީމުން ދިޔައީ ސޮސައިޑާޑްގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް ހުސް ފުރުސަތުތަކެއް ވެސް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއެކު އެޓްލެޓިކޯ ވަނީ ކުޅުނު 10 މެޗުން 19 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ސޮސައިޑާޑް އޮތީ ކުޅުނު 10 މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 13 ވަނައިގައެވެ.

- ކޮމެންޓް