ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 18:37
ފިލިޕިންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗު އެރިކްސަން
ފިލިޕިންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗު އެރިކްސަން
ފީފާ
ފިލިޕިންސް ގައުމީ ޓީމު
އިންގްލޭންޑްގެ ކުރީގެ ގައުމީ ކޯޗު ފިލިޕިންސްގެ ހެޑް ކޯޗަކަށް
އެރިކްސަން ފިލިޕިންސްއާ ހަވާލުވީ ހަ މަހަށް

އިންގްލޭންޑުގެ ގައުމީ ޓިމަށް ކުރިން އިރުޝާދު ދިން ސްވެން ގޯރަން އެރިކްސަން ފިލިޕިންސުގެ ގައުމީ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވެއްޖެއެވެ.

އުމުރުން 70 އަހަރުގެ އެރިކްސަން ފިލިޕިންސްގެ ގައުމީ ކޯޗުކަމާ ހަވާލުވީ ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެރިކްސަން ފިލިޕިންސްގެ ކޯޗުކަމާ ހަވާލުވީ، އެޓީމުގެ ކޯޗުކަމާ ހަވާލުވެގެން ހުރި އިންގްލޭންޑްގެ ކުރީގެ ކުޅުންތެރިޔާ ޓެރީ ބުޗާ އެ މަގާމުން ވަކިވުމުންނެވެ.

އެރިކްސަން އާ ބެހޭ ގޮތުން ފިލިޕިންސްގެ ޖެނެރަލް މެނޭޖަރ ޑެން ޕަލާމީ ބުނީ އެރިކްސަންގެ ގާބިލުކަމާމެދު ސުވާލުނުކުރާ ކަމަށާއި، އޭނާގެ އެހީތެރިކަމާއެކު ފިލިޕިންސްުގެ ޓީމު އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

މަޝްހޫރު ގިނަ ކްލަބްތަކަކަށް ވެސް އިރުޝާދު ދީފައިވާ އެރިކްސަން ވަނީ މެކްސިކޯ އަދި އައިވަރީ ކޯސްޓްގެ ހެޑްކޯޗުކަން ވެސް ކޮށްފައެވެ. އޭނާ ވަނީ ލެސްޓާ ސިޓީ އާއި މެންޗެސްޓާ ސިޓީ އާއި ބެންފިކާ އާއި ފިއޮރެންޓީނާ އާއި ލާޒިއޯ އާއި ސަމްޕްޑޯރިއާ އާއި، ރޯމާގެ ހެޑްކޯޗު ކަން ވެސް ކޮށްފައެވެ.

އެންމެ ފަހުން އެރިކްސަން ހަވާލުވެގެން ހުރީ ޗައިނާގެ ޝަންޒްހެން އެފްސީގެ ހެޑް ކޯޗުގެ މަގާމާ އެވެ. އޭނާ އެ މަގާމު ދޫކޮށްލީ މިދިޔަ އަހަރެވެ.

އިޓަލީގެ އެންމެ މޮޅު ކޯޗުގެ މަގާމު 2000 ވަނަ އަހަރު ހޯދާފައިވާ އެރިކްސަން ވަނީ ލާޒިއޯ އަދި ބެންފީކާއާ އެކު ގިނަ ކާމިޔާބީތައް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް