ކ. މާލެ
|
27 އޮކްޓޯބަރ 2018 | ހޮނިހިރު 19:36
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ގެޓީ އިމޭޖަސް
ޕެޕް ގާޑިއޯލާ
ޕްރިމިއާ ލީގު ތައްޓަށް ފަސް ޓީމަކުން ވާދަކުރޭ: ގާޑިއޯލާ
ޕްރިމިއާ ލީގު މިފަހަރު ވަރަށް ވާދަވެރި: ގާޑިއޯލާ

ޕްރިމިއާ ލީގު ތައްޓަށް ފަސްޓީމަކުން ވާދަކުރާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ޓޮޓެންހަމްއާ ދެކޮޅަށް ސިޓީ ނިކުތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ގާޑިއޯލާ ބުނީ ޕްރިމިއާ ލީގު މިފަހަރު ވަރަށް ވާދަވެރި ކަމަށާއި، ތައްޓަށް ފަސް ޓީމަކުން ވާދަކުރަމުން އަންނަ ކަމަށެވެ.

ގާޑިއޯލާ ބުނީ ޕޮއިންޓް ތާވަލަށް ބަލާއިރު، ހަތަރު ޓީމު، ފަސް ޓީމު ނުވަތަ ހަ ޓީމު ދެމެދުގައި ދެ ޕޮއިންޓްގެ ފަރަގެއް އެބަ އޮތް ކަމަށާއި، އެ ހުރިހާ ޓީމެއްވެސް ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، އެއްވަނައިގައި 10 މެޗުން 26 ޕޮއިންޓާއެކު އޮތީލިވަޕޫލްއެވެ. ދެވަނައިގައި ނުވަ މެޗުން 23 ޕޮއިންޓާއެކު ސިޓީ އޮތްއިރު، ތިންވަނައިގައި ނުވަ މެޗުން 21 ޕޮއިންޓާއެކު އޮތީ ޗެލްސީއެވެ.

ޗެލްސީއާ އެއް އަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އާސެނަލް ހަތަރުވަނައިގައި އޮތް އިރު، އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ޓޮޓެންހަމް އޮތީ ފަސްވަނައިގައެވެ.

ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނޭ ހަތަރު ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭއިރު، ފަސްވަނަ ޓީމަށް ޔޫރޮޕާ ލީގުން ޖާގަ ލިބޭނެއެވެ.

ލީގުގައި ސިޓީ އަދި ޓޮޓެންހަމް ވާދަކުރާ މެޗު އޮންނާނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 01:00 ޖަހާއިރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް