ކ. މާލެ
|
5 ފެބްރުއަރީ 2017 | އާދީއްތަ 00:10
އެމެރިކާއިން މުސްލިމުންނަށް ދޫކުރި ވިސާތަކެއް ވަނީ ކެންސަލް ކޮށްފައި
އެމެރިކާއިން މުސްލިމުންނަށް ދޫކުރި ވިސާތަކެއް ވަނީ ކެންސަލް ކޮށްފައި
ގޫގުލް
އެމެރިކާ
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
ކުރިން ލަފާކޮށްފައިވަނީ ލައްކައަކަށްވުރެ ގިނަ ވިސާ ކެންސަލަ ކުރެވިފައިވާކަމަށް

މުސްލިމް ޤައުމުތަކުގެ ރައްޔިތުންގެ ތެރެއިން އެމެރިކާއަށް އައުމަށް ކުރިން ދޫކޮށްފައިވާ 60،000 ވިސާ ކެންސަލްކޮށްފިއެވެ.

އެމެރިކާގް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި ވިސާތައް ކެންސަލް ކޮށްފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްގެ ނިންމެވުމަށް މުސްލިމް ހަތް ޤައުމެއްގެ މީހުން އެމެރިކާއަށް އެރުން މަނާކޮށްފައިވާތީ އެކަމަށް ޢަމަލްކުރުމުގެ ގޮތުން ކަމަށެވެ. އެމެރިކާގެ މީޑިއާ ރެޕޯޓްތަކުގައި ހުކުރު ދުވަހު ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 100،000 ޓްރެވަލް ވިސާ ވަނީ ކެންސަލް ކޮށްފައެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ރަސްމީ ޤަރާރަކުން މުސްލިމް ހަތް ގައުމަކުން އެމެރިކާއަށް އެރުން މަނާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ިރާން، އިރާޤް، ލީބިޔާ، ސޯމާލިޔާ، ސޫދާން، ސީރިއާ އަދި ޔަމަނެވެ. މީގެ އިތުރުން އެލިސްޓްގައި ޕާކިސްތާން ހިމެނިދާނެ ކަމުގެ އިޝާރާތެއްވެސް އެމަެރިކާ ސަރުކާރުން ވަނީ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް