ކ. މާލެ
|
26 އޮކްޓޯބަރ 2018 | ހުކުރު 19:05
މަލްސަން އާއި ސިފައިން ބައްދަލުކުރި މެޗުގެ ތެރެއިން
މަލްސަން އާއި ސިފައިން ބައްދަލުކުރި މެޗުގެ ތެރެއިން
ވީއޭއެމް
ގައުމީ ވޮލީ މުބާރާތް
ގައުމީ ވޮލީ މުބާރާތް: ސިފައިން ފެށުން ރަނގަޅުކޮށްފި
ސިފައިން ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައި

ގައުމީ ވޮލީ މުބާރާތުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ދިވެހި ސިފައިންގެ ކްލަބް ފެށުން ރަނގަޅުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުން ގުޑީސް ސްޕޯޓްސް ކްލަބާ ވާދަކޮށް ސިފައިން މޮޅުވެފައިވާއިރު، ހުކުރު ދުވަހު ހަވީރު މަލްސަން ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގުޑީސްއާ ދެކޮޅަށް ކުޅުނު މެޗު ސިފައިން ކާމިޔާބުކުރީ ތިން ސެޓް ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް 16-25 އިން ގުޑީސް ގެންދިޔަ ނަމަވެސް ޖެހިގެން އައި ތިން ސެޓް 23-25، 25-27 އަދި 23-25 އިން ސިފައިން ވަނީ ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުހައްމަދު ވަސީމެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މެޗު ސިފައިން ކާމިޔާބުކުރީ މަލްސަންއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ސިފައިން ގެންދިޔައީ 13-25، 23-25 އަދި 22-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުހައްމަދު ވަސީމެވެ.

މި މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، ދެ ގްރޫޕަކަށް ޓީމުތައް ވަނީ ބަހާލާފައެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި، ގުޑީސް ސްޕޯޓްސް ކްލަބް އަދި މަލްސަން ސްޕޯޓްސް ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ޕޮލިސް ކްލަބާއި، ހުޅުމާލެ ސްޕޯޓްސް ކްލަބް އަދި އެސްޕިރޭޝަން އެންޑް އިންސްޕިރޭޝަން ސްޕޯޓްސް ކްލަބް (އާއި) އެވެ.

- ކޮމެންޓް