ކ. މާލެ
|
26 އޮކްޓޯބަރ 2018 | ހުކުރު 19:07
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ގްރީންގެ ރޮލާންޑް ރަސެލް ބިލާލާ
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ގްރީންގެ ރޮލާންޑް ރަސެލް ބިލާލާ
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ނިލަންދޫގެ މައްޗަށް ގްރީން ކުރިހޯދައިފި
ނިލަންދޫގެ މައްޗަށް ގްރީން ކުރިހޯދީ 0-3 ގެ ނަތީޖާއަކުން

ދިރާގު ދިވެހި ލީގުގައި ފ.ނިލަންދޫގެ މައްޗަށް ކްލަބް ގްރީން ސްޓްރީޓް ކުރިހޯދައިފިއެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މެޗު ނިލަންދޫއާ ވާދަކޮށް ގްރީން އިން މެޗު ކާމިޔާބުކުރީ 0-3 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި ގްރީން އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އަހުމަދު ސާޖިދުއެވެ.

މި ލަނޑަށްފަހުވެސް ގްރީން އިން ދިޔައީ ނިލަންދޫގެ ހާފަށް ބާރުބޮޑުކުރަމުންނެވެ. އެގޮތުން 34 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑަކީ ނިލަންދޫގެ ކީޕަރު ހަސަން ވަހީދު އަހުމަދު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއަކުން ނިލަންދޫގެ މައްޗަށް ގްރީން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ގްރީންއެވެ. އެގޮތުން އެޓީމުން ވަނީ ނިލަންދޫގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ގްރީން އިން ތިންވަނަ ލަނޑު ޖެހީ 82 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ ބިދޭސީ ކުޅުންތެރިޔާ ރޮލާންޑް ރަސެލް ބިލާލާއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް އޭނާއެވެ.

މި ނަތީޖާއާއެކު ގްރީން އޮތީ ކުޅުނު 11 މެޗުން ލިބުނު 20 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. މެޗުން ބަލިވި ނިލަންދޫ އޮތީ ކުޅުނު 11 މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގައެވެ.

- ކޮމެންޓް