ޔުއެފާ ޔޫރޮޕާ ލީގުގައި އާސެނަލް އަދި ޗެލްސީ މުހިންމު މޮޅެއް ހޯދައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ގްރޫޕް އީގައި މެޗުން އާސެނަލް މޮޅުވީ ސްޕޯޓިން ސީޕީއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.
ސްޕޯޓިން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ އާސެނަލް އެވެ. އެގޮތުން އެޓީމުން ވަނީ ސްޕޯޓިންގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން އާސެނަލް އިން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުދަކުރިއެވެ. އެގޮތުން ފުލުފުލުގައި ސްޕޯޓިންގެ ގޯލަށް ނުރައްކާކޮށް އެޓީމުން ވަނީ ހަމަލާތަކެއް ފޮނުވާލާފައެވެ.
އާސެނަލް އިން މެޗުގެ ލީޑު ނެގީ 79 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ ވެލްބެކްއެވެ. މި ލަނޑަށްފަހުވެސް އާސެނަލް އަށް ވަނީ ލީޑު ފުޅާކުރުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު އާސެނަލް ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. މެޗުން ބަލިވި ސްޕޯޓިން އޮތީ ހަ ޕޮއިންޓާއެކު އާސެނަލްގެ ފަހަތުން ދެވަނައިގައެވެ.
— Chelsea FC (@ChelseaFC) October 25, 2018
3-0 [67’] #CFCvBATE pic.twitter.com/gS9pCXtgwR
ބުރާސްފަތި ދުވަހުގެ ރޭ ގްރޫޕް އެލްގައި ކުޅުނު މެޗުން ބޭޓް ބޮރިސޮވްއާ ވާދަކޮށް ޗެލްސީ މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.
ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ޑޭވީޑް ޒަޕަކޯސްޓާގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ރުބެން ލޮފްޓަސް ޗީކްއެވެ.
މި ލަނޑަށްފަހުވެސް ޗެލްސީން ދިޔައީ ބޮރިސޮވްގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން 8 ވަނަ މިނެޓުގައި ވިލިއަންގެ އެހީތެރިކަމާއެކު ލޮފްޓަސް ޗީކް ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފްގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ބޮރިސޮވްގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެންވެސް މޮޅަށް ކުޅެމުންދިޔައީ ޗެލްސީންނެވެ. އެގޮތުން 55 ވަނަ މިނެޓުގައި ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް ލޮފްޓަސް ޗީކް ވަނީ މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މެޗުގައި ބޮރިސޮވްގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 79 ވަނަ މިނެޓުގައި އިހަރް ސްޓެސެވިޗްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެލެކްސީ ރިއޮސްއެވެ.
މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ބޮރިސޮވް އޮތީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.