ކ. މާލެ
|
27 އޮކްޓޯބަރ 2018 | ހޮނިހިރު 09:53
މެޗުގެ މޮޅު ކުޅުންތެރިޔަކށް ހޮވުނު ޕޮލިހުގެ މުރާދް
މެޗުގެ މޮޅު ކުޅުންތެރިޔަކށް ހޮވުނު ޕޮލިހުގެ މުރާދް
ވީއޭއެމް
ގައުމީ ވޮލީ މުބާރާތް
ގައުމީ ވޮލީ މުބާރާތް: އާއި ސްޕޯޓްސް ބަލިކޮށް ޕޮލިހަށް ރަނގަޅު ފެށުމެއް
އާއިގެ މައްޗަށް ޕޮލިހުން ކުރިހޯދީ ސީދާ ތިން ސެޓުން

ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 50 ވަނަ ގައުމީ ވޮލީބޯލް މުބާރާތުގައި އާއި ސްޕޯޓްސް ކްލަބް ބަލިކޮށް ޕޮލިސް ކްލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މި މެޗު އާއި ސްޕޯޓްސްއާ ވާދަކޮށް ޕޮލިހުން މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިޔަށްދިޔަ މި މެޗުގެ ސެޓްތައް ޕޮލިހުން ގެންދިޔައީ 14-25 އާއި 15-25 އަދި 12-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކށް ހޮވުނީ ޕޮލިހުގެ މުރާދް ޖީހަންއެވެ.

މުބާރާތުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

މި މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، ދެ ގްރޫޕަކަށް ޓީމުތައް ވަނީ ބަހާލާފައެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި، ގުޑީސް ސްޕޯޓްސް ކްލަބް އަދި މަލްސަން ސްޕޯޓްސް ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ޕޮލިސް ކްލަބާއި، ހުޅުމާލެ ސްޕޯޓްސް ކްލަބް އަދި އެސްޕިރޭޝަން އެންޑް އިންސްޕިރޭޝަން ސްޕޯޓްސް ކްލަބް (އާއި) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް