ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 22:08
ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް އަށް އަނިޔާވެފައި
ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް އަށް އަނިޔާވެފައި
އޭއެފްޕީ
އެޑެން ހަޒާޑް
ހަޒާޑަށް އަނިޔާވެ، ބޮރިސޮވްއާ ދެކޮޅަށް ނުކުޅެވޭނެ!
ބާންލީ މެޗަށް ހަޒާޑް ފިޓްކުރަން އަންނަނީ މަސައްކަތް ކުރަމުން

ޗެލްސީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަށް އަނިޔާވެ، ޔޫރޮޕާ ލީގުގައި މިރޭ ބޮރިޒސޮވްއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅުވޭނެކަން ކަށަވަރުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޮރިސޮވްއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ ބޮރިސޮވްއާ ދެކޮޅަށް ހަޒާޑް އަށް ނުކުޅުވެނޭ ކަމަށާއި، އޭނާގެ ބުރަކައްޓަށް އަނިޔާވެފައިވާ ކަމަށެވެ.

ސާރީ ބުނީ ހަޒާޑް އަށް ދިމާވެފައިވާ އަނިޔާގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު ބާންލީއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗަށް ހަޒާޑް ފިޓު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ހަޒާޑް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ރެއާލުންނެވެ.

ޗެލްސީއާއެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާއިރު، ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ ދޫކޮށްލުމަށްފަހު އޭނާ ރެއާލް އަށް ބަދަލުވާނެއެވެ.

ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 310 މެޗުގައި 97 ލަނޑު ކާމިޔާބުކޮށްފައެވެ.
ޗެލްސީއާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ހަޒާޑް ވަނީ އެޓީމާއެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 95 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް