ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 19:52
ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒެއިން
ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒެއިން
ފޭސްބުކް
ޕްރެޒިޑެންޓްސް ކަޕް
ޕްރެޒިޑެންޓްސް ކަޕް ނުބާއްވަން ނިންމި ނިންމުން ބަދަލުކުރަން ސުޒޭން ގޮވާލައިފި
މިއީ ފާއިތުވެދިޔަ 68 އަހަރު ތެރޭގައި މުބާރާތް ނުބާއްވާ ފުރަތަމަ ފަހަރު

މިއަހަރު ރައީސުލް ޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ "ޕްރެޒިޑެންޓްސް ކަޕް" ނުބާއްވަން ނިންމި ނިންމުން ރިވިއު ކުރުމަށް ކްލަބް ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒެއިން ގޮވާލައިފިއެވެ.

ސުޒެއިން ކުރި ޓުވީޓެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ގައުމީ މުބާރާތް މި އަހަރު ނުބާއްވަން ނިންމި ނިންމުން "ރިވައިޒް" ކުރަން ޖެހޭ ކަމަށެވެ. އަދި ސުޒެއިން ވަނީ މި އަހަރު މުބާރާތް ކެންސަލް ކުރީ އެހެން ސަބަބެއް އޮވެގެންތޯ ސުވާލު އުފައްދާފައެވެ.

މި ޓުވީޓަށް ރިޕްލައިކުރައްވަމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، އެފްއޭއެމްއާ މިވަގުތު ހަވާލުވެގެން ތިބީ ފުޓުބޯޅަ ދަންނަ އަދި ފުޓުބޯޅަ ދެކެ ލޯބިވާ ބައެއް ނޫން ކަމަށެވެ.

ނޫސްވެރިންނާ ދާދި ފަހުން ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، މި އަހަރު ޕްރެޒިޑެންޓްސް ކަޕް ނުބާއްވަން ނިންމީ ކްލަބްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި، މިއަހަރު ޕްރެޒިޑެންޓްސް ކަޕަށް ކަލަންޑަރުން ޖާގައެއް ނެތް ކަމަށެވެ.

ޕްރެޒިޑެންޓްސް ކަޕަކީ ރާއްޖޭގައި މެދުނުކެނޑި ބާއްވަމުން އަންނަތާ އެންމެ ގިނަދުވަސްވީ އެއް މުބާރާތަށް ވެފައިވާއިރު، މިއީ ފާއިތުވެދިޔަ 68 އަހަރު ތެރޭގައި މި މުބާރާތް ނުބާއްވާ ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ނިއުއިން މުބާރާތުގެ ތަށި ހޯދީ ޓީސީ ސްޕޯޓްސް ކްލަބް ފައިނަލުގައި ބަލިކުރުމަށްފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް