ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 19:31
ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު
ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު
އެފްއޭއެމް
ޒުވާން އަންހެން ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޒުވާން އަންހެން ޓީމު ކޮޅަށް އުޒްބަކިސްތާނުން 20 ލަނޑު ޖަހައިފި
މެޗުގައި އުޒްބަކިސްތާނުގެ ލައިލޯ ވަނީ ޑަބަލް ހެޓްރިކް ހަދާފައި

ރާއްޖޭގެ 19 އަހަރުން ދަށުގެ އަންހެން ފުޓުބޯޅަ ޓީމު ކޮޅަށް އުޒްބަކިސްތާނުން 20 ލަނޑު ޖަހައިފިއެވެ.

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ބުދަ ދުވަހު ކުޅުނު މެޗުން އުޒްބަކިސްތާނާ ވާދަކޮށް ރާއްޖެ ބަލިވެފައިވަނީ 0-20 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ކިރިގިސްތާނުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އުޒްބަކިސްތާނުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނޮޒިމަހޯންއެވެ. އޭގެ ތިން މިނެޓު ފަހުން އުޒްބަކިސްތާނަށް ލީޑު ފުޅާކޮށްދިނީ ޝަހްނޯޒާއެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ލައިލޯ އުޒްބަކިސްތާނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވާއިރު، 25 ވަނަ މިނެޓުގައި ނޮޒިމަހޯން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 41 ވަނަ މިނެޓުގައި ޓޮންޖިންސޮހާން އުޒްބަކިސްތާންގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭގެ މިނެޓެއްފަހުން ލައިލޯ ވަނީ އެޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުން ރާއްޖޭގެ މައްޗަށް އުޒްބަކިސްތާން ކުރީގައި އޮވެގެންނެވެ.  

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް އުޒްބަކިސްތާނުގެ ހަތްވަނަ ލަނޑު ގުލްޒޮޑާ ކާމިޔާބުކޮށްފައިވާއިރު، އޭގެ ތިން މިނެޓު ފަހުން ސަބީނާ ވަނީ އެޓީމަށް 8 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އުޒްބަކިސްތާނުގެ ނުވަ ވަނަ ލަނޑު 49 ވަނަ މިނެޓުގައި މުނީސާ ކާމިޔާބުކޮށްފައިވާއިރު، 10 ވަނަ ލަނޑު ކާމިޔާބުކުރީ 52 ވަނަ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ޓޮންޖިނިސޮހޯންއެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ގުލްޒޮޑާ ވަނީ އުޒްބަކިސްތާނުގެ 11 ވަނަ ލަނޑު ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެ ތިން މިނެޓު ފަހުން ލައިލޯ ވަނީ އުޒްބަކިސްތާނުގެ 12 ވަނަ ލަނޑު ކާމިޔާބުކޮށް މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.  

މެޗުގެ 64 ވަނަ މިނެޓުގައި ލައިލޯ އިތުރު ލަނޑެއް ކާމިޔާބުކޮށްފައިވާއިރު، 69 ވަނަ މިނެޓުގައި ޑިޔޯރާ ވަނީ އުޒްބަކިސްތާނުގެ 14 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި ލައިލޯ އުޒްބަކިސްތާނުގެ 15 ވަނަ ލަނޑު ކާމިޔާބުކޮށްފައިވާއިރު، 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އުޒްބަކިސްތާނުގެ 16 ވަނަ ލަނޑު ކާމިޔާބުކުރީ މޫނިސާއެވެ.

މެޗުގެ 74 ވަނަ މިނެޓުގައި އުޒްބަކިސްތާނުގެ 17 ވަނަ ލަނޑު ކާމިޔާބުކޮށް ލައިލޯ ވަނީ ޑަބަލް ހެޓްރިކް ހަދާފައެވެ. މެޗުގެ 81 ވަނަ މިނެޓުގައި މުހްލިސާ ވަނީ އުޒްބަކިސްތާނުގެ 18 ވަނަ ލަނޑު ކާމިޔާބުކޮށްފައިވާއިރު، 88 ވަނަ މިނެޓުގައި މަހްލިޔޯ ވަނީ އުޒްބަކިސްތާނުގެ 19 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އިތުރުވަގުތުގައި ސަބީނާ ވަނީ އުޒްބަކިސްތާނުގެ 20 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ގުއާމް އަތުން 0-12 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ދެވަނަ މެޗުން ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) އަތުން ބަލިވީ 0-19 ގެ ނަތީޖާއަކުންނެވެ. ގްރޫޕްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ހުކުރު ދުވަހު ނިކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ.

ހަތަރު ގްރޫޕް ހިމެނޭ މި ކޮލިފައިން ބުރުގައި ރާއްޖެ ލައްވާލާފައި ވަނީ ކިރިގިސްތާނާއި އުޒްބަކިސްތާނާއި ޔުނައިޓެޑް އަރަބް އެމިރެޓްސް އަދި ގުއާމްއާ އެކު ގްރޫޕް ސީގައެވެ. ރާއްޖެ ގްރޫޕް ފިޔަވާ އެހެން ހުރިހާ ގްރޫޕެއްގައި ވެސް ހަތަރު ޓީމު އޮތްއިރު، ރާއްޖެ ގްރޫޕްގައި ފަސް ޓީމް އެބަ އޮތެވެ.

ކޮލިފައިންގެ ދެވަނަ ބުރަށް ދަތުރުކުރާނީ އެންމެ ގިނައިން ގްރޫޕުން ޕޮއިންޓް ހޯދާ އެއް ޓީމަށެވެ. އަދި ހަތަރު ގްރޫޕަށް ބެލުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެވަނަ ޓީމަށް ވެސް ދެބަނަ ބުރުން ޖާގަ ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
24 އޮކްޓޯބަރ 2018 | ބުދަ 15:09
ސ
ތިރީސް ހަތް އަހަރުގެ ޑިކްޓޭޓަރޝިޕެއްގައި އަހަރެމެންގެ ގިނަ މީހުން ކައި ބޮއި މިއުޅުނީ އެންމެ އެކަށީގެން ވާގޮތަށް ނޫންކަމަށްވާތި ހަށިގަނޑު އުފެދެންވީ ވަރަށް ނުއުފެދިވާކަން ފޯޓޯއިން ފެނޭ ނިކަމެތި އަޅުގަނޑަށް. ތިބޭފުޅުންނަށް އެނގޭނެ މިބުނީ ރަނގަޅަށްކަން އެދިވެހި ކުދީން އުޒްބެކް ޓީމާއެކު ނަގާފައިވާ ފޯޓޯ އެއް ފެނުމުން. މައްސަލައަކީ، ދިވެހީން ތަރައްޤީއޭ ވަރަށް މޮޅޭ ދިވެހީންނަށް ވުރެ ބޮޑު/މޮޅު ބައެއް އުޑު ދަށުގައި ނެތޭ ކިޔާ ހައްދައިގެން އަދި އަމިއްލައަށް ހެދިގެން އުޅޭތީ. ނޭނގޭ އަސްލު ދިރިއުޅުމަކީ ކޮބައިކަމާއި، ކާބޯ ތަކެތީގެ އަގު އަފްފޯރާ ފަށަށުގައިތޯ ނުވަތަ ކެވޭ ތަކެތީގެ ފެންވަރާއި ފަންވަރު ނޭނގޭ. ބެލެންސްޑް ޑައެޓަކީ ކޮން އެއްޗެއްކަން ނޭނގޭ ނުވަތަ އެނގުނަށް ތަކެތީގެ އަގު ބޮޑުކަމުން ނުވަތަ ވަޒީފާއެއް ނެތުމުން ރިހާކުރު ކޮޅަކާއި ބަތް ކޮޅެއް ކާލުން. އަނެއް ކޮޅުން، އެންމެންވެސް މާލެވާން އަދި ހުޅުމާލޭން ގޯއްޗެއް ހޯދަން ހިތުއަޅައިގެން އައިސް ބޮޑު ކުލިތަކުގައި އުޅެމުން ކިހިނެތް ބެލެންސްޑް ޑައެޓްއެއް ކެވޭނީ. ދެއްކުންތެރިކަމާއި، ނުފޯރާ ފޮތިން ފޫގެޅުމާއި، ދެއްވި ނިޢުމަތްތަކަށް ފުރަގަސް ދީފައި ރަށުގައި ފްރެޝްކޮށް ކެވިދާނެ ބައެއް ބާވަތްތައް ހައްދައިގެން އުޅެން ބޭނުން ނުވެ ހަމަ މީބޫ މާލޭޓު މީހެއްޓޫއަކަށް ވާން އުޅޭތީ މައްސަލައަކީ