ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 19:34
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ސަލާމް ކުރައްވަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ސަލާމް ކުރައްވަނީ
ރައީސް އޮފީސް
ރައީސް ނަޝީދު
ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި ނަޝީދަށް ކުރި ދައުވާ ބާތިލްކޮށްފި
ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރައީސް އަބްދުﷲ ޔާމީން އާރަށުގައި ބެހެއްޓެވި މައްސަލާގައި
ނޮވެމްބަރު އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާރަށުގައި ބެހެއްޓި މައްސަލައިގައި ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ ކްރިމިނިލް ކޯޓުން ބާތިލް ކޮށްފިއެވެ.

ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރައީސް އަބްދުﷲ ޔާމީން މުލަކު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުންނަވަނިކޮށް، 2010 ވަނަ އަހަރުގެ ޖުލައި 10 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ހައްޔަރުކޮށް ކ. އާރަށުގައި ބެހެއްޓި މައްސަލައިގައެވެ.

ގާނޫނީ ވަކީލް ހިސާން ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ފަހުން ޕްރޮސިކިއުޓަރ ޖެނަރަލްގެ ފަރާތުން އުފުލި ދައުވާ ކުރިމިނަލް ކޯޓުން ބާތިލްކޮށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އެ މައްސަލާގައި ރައީސް ނަޝީދު ހައްޔަރުކުރަން ކޯޓު އަމުރެއް ވެސް ނެރުނެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އެ އަމުރު ވެސް ބާތިލްކޮށްފައެވެ. އެ ދައުވާކޮށް ހައްޔަރުގެ އަމުރު ނެރެފައިވަނީ ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަހުންނެވެ.

ނޮވެމްބަރު އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާއިރު އެމަނިކުފާނު މިހާރު ހުންނެވީ ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނުކުރި ކަމުގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ. އެއަށްފަހު އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ޤައުމުގައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި އެމްޑީޕީން ތަކުރާރުކޮށް ބުނަމުންދަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތަށް ކަމަށާއި އެކަމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އެ ފަރާތުން ކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް