ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އާއި ރޯމާ ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ ގްރޫޕް ޖީގައި ކުޅުނު މެޗުން ރެއާލް މޮޅުވީ ވިކްޓޯޓިއާ ޕްލެޒެންއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.
ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 11 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލޫކަސް ވަޒްކުއޭޒްގެ އެހީތެރިކަމާއެކު ކަރިމް ބެންޒެމާއެވެ.
މި ލަނޑަށްފަހު ވެސް ރެއާލް އަށް ލަނޑު ޖެހުމަށް ފުރަތަމަ ހާފްގައި ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން ގެރެތް ބޭލް އާއި ބެންޒެމާ އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޕްލެޒެންގެ މައްޗަށް ރެއާލް ކުރީގައި އޮވެގެންނެވެ.
Entérate de todo lo que aconteció en nuestra victoria contra el @fcviktorkaplzen, con la crónica de nuestra web...
— Real Madrid C.F. (@realmadrid) October 23, 2018
https://t.co/DsOQ4Blu03#RMUCL #HalaMadrid pic.twitter.com/uAe7m7ms0K
ދެވަނަ ހާފް ފެށިގެން ރެއާލުން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކޮށްފައިވާއިރު، 55 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ބޭލްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މާސެލޯއެވެ.
މި ލަނޑަށްފަހު ވެސް ރެއާލުން ޕްލެޒެންގެ ހާފަށް ބާރުބޮޑު ކޮށްފައިވާއިރު، ލީޑު އިތުރަށް ފުޅާކުރުމަށް ވެސް އެޓީމަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ޕްލެޒެން އިން ނަތީޖާގެ ފަރަގު ކުޑަކުރީ 79 ވަނަ މިނެޓުގައި ހްރޮސޮވްކީ ކާމިޔާބުކުރި ލަނޑުންނެވެ.
މިއީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ރެއާލް އަށް ކާމިޔާބުކުރެވުނު ހަމައެކަނި މެޗެވެ.
މި ނަތީޖާއެކު ރެއާލް އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ޕްލެޒެން އޮތީ ޕޮއިންޓަކާއެކު ގްރޫޕްގެ ފުލުގައެވެ.
Buongiorno!
— AS Roma (@OfficialASRoma) October 24, 2018
Le migliori azioni della vittoria di ieri sera sono qui
https://t.co/PzfFF4Sc8r pic.twitter.com/x1MVJuU4rJ
މި ގްރޫޕްގައި ހިމެނޭ ރޯމާ މޮޅުވީ ސީއެސްކޭއޭ މޮސްކޯއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.
ރޯމާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 30 ވަނަ މިނެޓްގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޑިން ޒެކޯއެވެ.
މި ލަނޑަށްފަހު ވެސް ރޯމާ އިން ދިޔައީ މޮސްކޯގެ ހާފަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން 43 ވަނަ މިނެޓުގައި ޒެކޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ރޯމާ އަށް ލީޑު ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފް ނިމުނީ ޒެކޯގެ ދެ ލަނޑުން މޮސްކޯގެ މައްޗަށް ރޯމާ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފް ފެށިގެން ވެސް ރޯމާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މި ހާފްގައި ރޯމާގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ އަންޑާއެވެ.
މި ނަތީޖާއާއެކު ރޯމާ ވަނީ އެއްވަނައިގައި އޮތް ރެއާލްއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފައެވެ. ރޯމާ އަށް ގްރޫޕްގެ ދެވަނަ ލިބެނީ ހެޑް ޓު ހެޑަށް ބެލުމަށްފަހުއެވެ. މޮސްކޯ އޮތީ ހަތަރު ޕޮއިންޓާއެކު ތިންވަނައިގައެވެ.