އެމެރިކާއިން ޖަޕާން ދިފާއު ކުރާނެ ކަަމަށާއި އަދި ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ވެސް ޖަޕާނުގެ ހައްގުގައި ވަކާލާތު ކުރާނެ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ ޑިފެންސް މިނިސްޓަރު ޓޮމޮމީ އިނާޑާއާ އެކު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެޓިސް ވިދާޅުވީ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު މައްސަލަ އުފެދިފައިވާ ސެންކަކު ރަށްތަކުގެ މައްސަލާގައި އެމެރިކާއިން ގެންގުޅޭ ޕޮލިސީ ވަރަށް ސާފު ކަމަށާއި، ޖަޕާނުން ސެންކަކޫ ރަށްތަކުގެ އެޑްމިނިސްޓްރޭޝަން ޖަޕާނުން ބަލަހައްޓަމުންދާ ދިޔުން ބަލައިގަންނަ ކަމަށެވެ.
ދެކުނު ކޮރެއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ފަހު ޖޭމްސް މެޓިސް ޖަޕާނަށް ވަޑައިގެންނެވީ ހުކުރު ދުވަހުއެވެ. މެޓިސްގެ ދަތުރުފުޅަކީ ޑިފެންސް ސެކްރެޓަރީ ކަަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.