ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 12:41
ފުލުހުންނަށް ބަލައި ފާސްކުރިއިރު ފެނުނު ބަނގުރާ ފުޅިތައް
ފުލުހުންނަށް ބަލައި ފާސްކުރިއިރު ފެނުނު ބަނގުރާ ފުޅިތައް
ޕޮލިސް
މީހަކު ހައްޔަރު ކުރުން
ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނެއް
ސައިކަލުގެ މަޑިދަށުން 3 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 4 ފުޅި ފެނިފައިވޭ

ބަނގުރާ ފުޅިތަކަކާއެކު މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ ހައްޔަރުކޮށްފައި ވަނީ އަންގާރަ ދުވަހުގެ މެންދަމު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ދުއްވި ސައިކަލުގެ މަޑިދަށުން ބަނގުރާ ފުޅިތަކެއް ފެނުމާއި ގުޅިގެން ކަމަށެވެ.

ސައިކަލް ބަލައި ފާސްކުރިއިރު ސައިކަލުގެ މަޑިދަށުން 3 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 4 ފުޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް