ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 21:59
މާލެ: ކަރަންޓް ކެނޑުމުގެ މައްސަލަ ވަނީ ބޮޑުވެފައި
މާލެ: ކަރަންޓް ކެނޑުމުގެ މައްސަލަ ވަނީ ބޮޑުވެފައި
ޕޮލިސް
ކަރަންޓް ކެނޑުން
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ
ކަރަންޓް ދިޔައީ ހެނދުނު 7:00 ހާއިރު

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ އެވެ. 

ހެނދުނު 7:00 ހާއިރު ކަރަންޓް ދިޔައީ ހެންވޭރުގެ ބައެއް ސަރަހައްދުތަކުންނެވެ. 

ސްޓެލްކޯ އިން ބުނި ގޮތުގައި ކަރަންޓް ކެނޑުނީ ދެ ޖަނަރޭޓަރު ސިސްޓަމަކަށް ދިމާވި މައްސަލައަކުންނެވެ. އެ މައްސަލަ ހައްލުކޮށް 8:00 ޖެހިއިރު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓް ދެވުނު ކަމަށް އެ ކުންފުނިން ބުނެ އެވެ. 

މާލޭގައި ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވެފައި ވާއިރު، ސްޓެލްކޯ އިން ކުރިން ބުނެފައިވާ ގޮތުގައި މާލެ އާއި އަތޮޅުތަކުގައި ވެސް ކަރަންޓް ބޭނުންކުރާ މިންވަރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ހަމައެކަނި މާލޭގައި ވެސް ކޮންމެ އަށް އަހަރަކާއި 10 އަހަރާ ދެމެދު ކަރަންޓް ބޭނުންކުރާ މިންވަރު ދެ ގުނަ އިތުރުކުރަން ޖެހޭ ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ. 

މިހާރު މާލޭގައި އެންމެ މައްޗަށް ކަރަންޓް އުފެއްދެނީ 87 މެގަވޮޓެވެ. އަދި މިއަހަރުގެ ނިޔަލަށް އިތުރު 60 މެގަވޮޓް އިތުރު ކުރާނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް