ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 21:52
ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ
ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ
ގޯލް.ކޮމް
ހޯޒޭ މޮރީނިއޯ
ޔުނައިޓެޑްގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި ނަމަ އޭނާ ހަވާލުވާނީ ރެއާލްއާ!
މޮރީނިއޯ ވަނީ މީގެ ކުރިން ރެއާލް އަށް ކޯޗުކަން ކޮށްދީފައި

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން ހޯޒޭ މޮރީނިއޯ ވަކިކޮށްފި ނަމަ، އޭނާ ހަވާލު ވާނީ ރެއާލް މެޑްރިޑްގެ ކޯޗުކަމާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މޮރީނިއޯ މިވަގުތު މަޑުކޮށްގެން ހުރީ ޔުނައިޓެޑުގެ ކޯޗުކަމުން އޭނާ ވަކިކުރަންދެން ކަމަށާއި، އެގޮތުން މަގާމުން އޭނާ ވަކިކުރުމުން ރެއާލްގެ ކޯޗުކަމާ ހަވާލުވާނެ ކަމަށެވެ.

މި ސީޒަނުގައި ޔުނައިޓެޑު ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ޔުނައިޓެޑުގެ ކޯޗުކަމުން މޮރީނިއޯ ދާދި އަވަހަށް ވަކިކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި ރެއާލް ވެސް ހޯދަމުން އަންނަ ދަށް ނަތިޖާތަކުގެ ސަބަބުން އެޓީމުގެ ކޯޗުކަން ޖޫލެން ލޮޕެޓީގު ވަކިކުރާނެ ކަމަށް ވެސް ވަނީ ބެލެވިފައެވެ.  

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް ނުވަ މެޗުން ލިބިފައި ވަނީ 14 ޕޮއިންޓެވެ. އެޓީމު އޮތީ ޕޮއިންޓް ތާވަލުގެ 10 ވަނައިގައެވެ. ރެއާލް ނުވަ މެޗުން 14 ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމު އޮތީ ޕޮއިންޓް ތާވަލުގެ ހަތްވަނައިގަ އެވެ.

މީގެ ކުރިން ވެސް މޮރީނިއޯ ރެއާލް އަށް ކޯޗުކަން ކޮށްދީފައި ވާއިރު، އޭނާ ވަނީ އެ ކްލަބާ އެކު ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އޭނާ ރެއާލް އަށް ކޯޗުކަން ކޮށްދިން 178 މެޗުގެ ތެރެއިން 128 މެޗުން އެޓީމު މޮޅުވެފައިވާއިރު، 22 މެޗުން ވަނީ ބަލިވެފައެވެ. ބާކީ 28 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަގާމު 2010 ވަނަ އަހަރު ހޯދާފައިވާ މޮރީނިއޯ ވަނީ ރެއާލް އަށް ލަލީގާ އާއި ކޮޕާޑެލްރޭ އަދި ސްޕެނިޝް ސުޕާ ކަޕް ވެސް ހޯދައިދީފައެވެ.

- ކޮމެންޓް