ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 21:22
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ދަގަނޑޭ
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ދަގަނޑޭ
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ދަގަނޑޭގެ ހަތަރު ލަނޑުން ވިކްޓްރީގެ މައްޗަށް ޓީސީ ކުރިހޯދައިފި
ޓީސީ އެއް ވަނައިގައި އޮތީ 27 ޕޮއިންޓާ އެކު

އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކުރި ހަތަރު ލަނޑުން ވިކްޓްރީ ސްޕޯޓްސް ކްލަބްގެ މައްޗަށް ޓީސީ ސްޕޯޓްސް ކްލަބް ކުރި ހޯދައިފިއެވެ. 

ހޯމަ ދުވަހު ހަވީރު ކުޅުނު މެޗު ވިކްޓްރީއާ ވާދަކޮށް ޓީސީން މެޗު ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ. 

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 29 ވަނަ މިނެޓުގައި ދަގަނޑޭ ވަނީ ޓީސީ އަށް ލީޑު ނަގައިދީފައެވެ. މި ލަނޑަށްފަހުވެސް ޓީސީ އަށް ލީޑު ނަގަން ފުލުފުލުގައި ހުސް ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ. 

ފުރަތަމަ ހާފްގައި ވިކްޓްރީއަށް ވެސް ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވާއިރު، ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ވިކްޓްރީގެ މައްޗަށް ޓީސީ ކުރީގައި އޮވެގެންނެވެ. 

ދެވަނަ ހާފް ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް ޓީސީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 48 ވަނަ މިނެޓުގައި ކާމިޔާބުކުރީވެސް ދަގަނޑޭއެވެ. ޓީސީގެ ތިންވަނަ ލަނޑު 57 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދަގަނޑޭ ވަނީ މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. 

ޓީސީގެ ހަތަރުވަނަ ލަނޑު 60 ވަނަ މިނެޓުގައި ދަގަނޑޭ ކާމިޔާބުކޮށްފައިވާއިރު، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ދެވަނަ ހާފްގައިވެސް ޓީސީ އަށް ލިބި ބޭކާރުވިއެވެ. 

މި ނަތީޖާއާއެކު ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން ހޯދި ތިން ޕޮއިންޓާ އެކު ޓީސީ އެއް ވަނައިގައި އޮތީ 27 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 23 ޕޮއިންޓާ އެކު އޮތީ ކްލަބް އީގަލްސް އެވެ. ވިކްޓްރީ އޮތީ ނުވަ ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

- ކޮމެންޓް