ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 19:10
އެލްއޭ ގެލެކްސީ އަށް ކުޅެމުން އަންނަ އިބްރަހަމޮވިޗް
އެލްއޭ ގެލެކްސީ އަށް ކުޅެމުން އަންނަ އިބްރަހަމޮވިޗް
ގެޓީ އިމޭޖަސް
ޒްލަޓަން އިބްރާހިމޮވިޗް
ރެއާލުން އިބްރަހަމޮވިޗަށް ފާރަލަނީ!
އިބްރާހިމޮވިޗް ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރޭ

އެލްއޭ ގެލެކްސީ އަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް ޒްލަޓަން އިބްރަހަމޮވިޗަށް ރެއާލް މެޑްރިޑުން ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާ އަށް އަމާޒުކޮށް އިބްރަހަމޮވިޗް ގެންނަން ރެއާލުން ބޭނުންވެއެވެ. އެގޮތުން އެ ކްލަބުން އޭނާ ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

އުމުރުން 37 އަހަރުގެ އިބްރަހަމޮވިޗް މެންޗެސްޓާ ޔުނައިޓެޑު ދޫކޮށްލުމަށް ފަހު ފްރީ ޓްރާންސްފާއެއްގެ ދަށުން ގެލެކްސީ އަށް ބަދަލުވީ މި އަހަރެވެ. އޭނާ ވަނީ މިހާތަނަށް ގެލެކްސީ އަށް ކުޅުނު 26 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ.

ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅުނު އިބްރަހަމޮވިޗް އޭނާގެ ކެރިޔަރު ފެށީ މަލްމޯ އިންނެވެ. އޭނާ ވަނީ އަޔަކްސް އަދި ޔުވަންޓަސް އަށް ވެސް ކުޅެފައެވެ. އޭނާ ވިދާލާފައި ވަނީ އިންޓަ މިލާނުންނެވެ.

އެގޮތުން އޭނާ ވަނީ އިންޓަމިލާނާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އިންޓަ ދޫކޮށްލުމަށް ފަހު، ބާސާ އާއި އޭސީ މިލާނަށް ވެސް އިބްރަހަމޮވިޗް ކުޅުނެވެ. އޭނާ ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން ޕީއެސްޖީއަށް ވެސް ވަނީ ކުޅެފައެވެ.

އިންޑިވިޖުއަލް ގިނަ އެވޯޑުތަކެއް ވެސް ހާސިލުކޮށްފައިވާ އިބްރަހަމޮވިޗް ވަނީ ސްވިޑެން ގައުމީ ޓީމަށް ކުޅުނު 116 މެޗުގައި 62 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ މިހާރު ވަނީ ގައުމީ ޓީމުން ރިޓަޔާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް