ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 18:09
ޔުނައިޓެޑަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް
ޔުނައިޓެޑަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް
ގެޓީ އިމޭޖަސް
އެލެކްސަސް ސަންޗޭޒް
ޔުނައިޓެޑު ދޫކޮށްލަން ސަންޗޭޒް އުޅޭ ކަމަށް އަޑު ފެތުރެން ފަށައިފި
ސަންޗޭޒްގެ އެއްބަސްވުން ހަމަ ވާނީ 2022 ވަނަ އަހަރު

މެންޗެސްޓާ ޔުނައިޓެޑު ދޫކޮށްލަން އެ ކްލަބަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް މަސައްކަތް ކުރަމުން އަންނަ ކަމަށް އަޑުފެތުރެން ފަށައިފިއެވެ.

ހޯމަ ދުވަހު އޮތް ޔުނައިޓެޑުގެ ފަރިތަކުރުމަށް ސަންޗޭޒް ހާޒިރުވެފައި ނުވާއިރު، ކުޅިވަރު ނޫހެއް ކަމަށްވާ ދަ ޓައިމްސް އިން ބުނީ އޭނާ އެ ކްލަބް ދޫކޮށްލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ނޫހުން ބުނީ ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯއާ މެދު ސަންޗޭޒް ހިތްހަމަ ނުޖެހިފައި ހުރި ކަމަށާއި، ޖެނުއަރީ ޓްރާސްފާގައި ސަންޗޭޒް އެހެން ކްލަބަކަށް ބަދަލުވުން ވަރަށް ކައިރި ކަމަށެވެ.

މިއަހަރުގެ ޖެނުއަރީ މަހު އަހަރަކު 14 މިލިއަން ޕައުންޑު މުސާރައިގެ ގޮތުގައި ލިބޭގޮތަށް ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން އޭނާގެ އެއްބަސްވުން ހަމަ ވާނީ 2022 ވަނަ އަހަރެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް ވަނީ އެ ކްލަބާ އެކު ވެސް ގިނަ ކާމިޔާބީތައް ހޯދާފައެވެ. ބާސާގައި ކާމިޔާބީތައް ހޯދުމަށް ފަހު ސަންޗޭޒް ބަދަލުވީ އާސެނަލް އަށެވެ.

ސަންޗޭޒް ވަނީ އާސެނަލް އަށް ކުޅުނު 166 މެޗުގައި 80 ލަނޑު ކާމިޔާބުކޮށްފައެވެ. އާސެނަލް ދޫކޮށް ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވެފައި ވާއިރު، އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 26 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

ޗިލީގެ ގައުމީ ޓީމަށް ކުޅުނު 122 މެޗުގައި 39 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ އެޓީމާއެކު ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް