ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް އެސޯސިއޭޝަން ކަޕްގައި ހުޅުމާލެ ސްޕޯޓްސް ކްލަބް ބަލިކޮށް ދިވެހި ސިފައިންގެ ކްލަބު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު ތިން ވަނަ ސެމީގައި ހުޅުމާލެއާ ވާދަކޮށް ސިފައިން މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިޔަށްދިޔަ މެޗުގައި ފުރަތަމަ ދެ ސެޓް 19-25 އަދި 18-25 އިން ކާމިޔާބުކުރީ ސިފައިންނެވެ.
އެހެން ނަމަވެސް ހުޅުމާލެ އިން ވަނީ ތިން ވަނަ ސެޓް 17-25 އިން ކާމިޔާބުކޮށްފައެވެ. ސިފައިން މެޗު ކާމިޔާބުކުރީ ހަތަރު ވަނަ ސެޓް 17-25 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުޅުމާލޭގެ އިސްމާއިލް ސާޖިދުއެވެ.
ފައިނަލުގައި ސިފައިން ނިކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ ފުރަތަމަ ސެމީގައި ބައްދަލުކޮށްފައެވެ. އެ މެޗު ފޯރިގަދަ ކުޅުމަކަށް ފަހު ޕޮލިހުން ކާމިޔާބުކުރީ ތިން ސެޓް ދެ ސެޓުންނެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރެއެވެ.