ކ. މާލެ
|
4 ފެބްރުއަރީ 2017 | ހޮނިހިރު 15:44
ރައީސް ޑޮނަލްޑް ޓްރަމްޕް
ރައީސް ޑޮނަލްޑް ޓްރަމްޕް
ގޫގުލް
އެމެރިކާ
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
އެމެރިކާއިން އިރާނަށް އެޅި ދަތިކުރުމުގެ ފިޔަވަޅު އަމާޒު ކުރީ ތޭރަ މީހަކަށާއި ބާރަ ކުންފުންޏަކަށް

އިރާނުން ދާދި ފަހުން ކުރި ބެލިސްޓިކް މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

 

އެމެރިކާއިން އިރާނަށް އެޅި ދަތިކުރުމުގެ ފިޔަވަޅު އަމާޒުކުރީ 13 މީހަކަށާއި 12 ކުންފުންޏަކަށެވެ. މީގެ ތެރޭގައި ޗައިނާ، ލެބަނަން އަދި ޔޫއޭއީގެ ކުންފުނިތަށް ހިމެނެއެވެ.

 

ފިޔަވަޅު އެޅުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އިރާނުން އަލިފާނާ ކުޅެމުންދާ ކަމަށާއި އިރާންއާ ދޭތެރޭ ކުރީގެ ރައީސް ބަރަކް އޮބާމާ ކަންކަން ކުރެއްވި ހެޔޮގޮތް ބަލައި ނުގަންނަ ކަމަށެވެ. އަދި ޓްރަމްޕް އެ ގޮތަށް ހެޔޮކޮށް ނުހިއްތަވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

 

ޓްރަމްޕް ޓްވިޓާ މެދުވެރި ކުރައްވައި ދެއްވި އިންޒާރާ ގުޅިގެން އިރާނުން ރައްދުގައި ބުނެފައި ވަނީ "ތަޖުރިބާ މަދު މީހެއްގެ" އިންޒާރުތަކަކީ ބޭނުމެއް ނެތް އެއްޗެއް ކަމަށާއި އެމެރިކާ އިން އަޅާ ފިޔަވަޅަކާ އެއްވަރު ފިޔަވަޅެއް އިރާނުން ވެސް އަޅާނެ ކަމަށެވެ.

 

އޮބާމާގެ ވެރިކަމުގައި އީރާނާއި އެމެރިކާގެ ގުޅުން މަޑުމަޑުން އައީ ރަނގަޅުވަމުންނެވެ. ނަމަވެސް ޓްރަމަޕްގެ ވެރިކަމާ އެކު މި ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް